ކިތަންމެ މަދު ބަޔަކު ތާއީދު ކުރިޔަސް ޙައްޤުވާނީ ޙައްޤަށްކަމަށް ވިދާޅުވެ މީސް މީޑިއާގައި ޢަދާލަތު ޕާޓީއަށް ރައްދުކުރަމުން ގެންދާ ފާޑުކިއުންތަކަށް ދޫނުދެއްވައި އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މިރޭވެސް ރައްދު ދެއްވައިފިއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިރޭ ވިދާޅުވީ ޙައްޤު ގޮތް އެއީ ޙައްޤުކަމުގައި ވަނީ ތާއީދުކުރާ މީހުންގެ އަދަދު ގިނަ، ނުވަތަ މަދުވުމަކުން ނޫން ކަމަށެވެ. އަދި ކިތަންމެ މަދު ބަޔަކު ތާއީދު ކުރިޔަސް ޙައްޤުވާނީ ޙައްޤަށް ކަމަށާއި، ޤައުމުގެ އެންމެން ތާއީދު ކުރިޔަސް ބާތިލްވާނީ ހަމަ ބާތިލަށްކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ އިމްރާން ވިދާޅުވީ ޢަދާލަތު ޕާޓީ އޮތީ ކުޑަކޮށް ވެސް ފަހަތަށްޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގެ ފުރިހަމަ މަފުހޫމުގައި ސިޔާސީ މަސައްކަތުގައި ޢަދާލަތު ދާނީ ބާރަށް ކުރިއަށްކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގައި އިސްލާމް ދީނަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދިން ބަޔަކީ އަދާލަތު ޕާޓީކަމަށް އިމްރާން ވިދާޅުވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދީނީ އިލްމްވެރިންނާއި އާންމުން ހިމެނެއެެވެ.
އިމްރާންގެ މިވާހަކަ ތަކަށް ރައްދު ދެމުން ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވީ އަދާލަތު ޕާޓީއަކީ ސަރުކާރުގެ "ލާދީނީ" ކަންކަމަށް ފަސްއަޅައިދޭން އޮންނަ ''އުދައްޔެއް'' ކަމަށެވެ. މީގެ އިތުރުން އިމްރާނަށް ރައްދު ދެއްވަމުން ޝައިޚް ޢަބްދުﷲ ސައުދާން ވަނީ، އަދާލަތު ޕާޓީގެ ޒައާމަތުގައި ތަހުގީގީ އިދާރާއާއި، ތަންފީޒީ އިދާރާ ލިބިފައި އޮތް އިރު ވެސް މި ގައުމުގެ އިސްލާމީ ދީނީ، އަހުލާގީ، އިޖްތިމާއީ، ފޭރާން ވީދި ނިމި، ހުސްވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި 2023 ކައިރި ވުމުން ދީނީ ކާޑައިގެން ނިކުތަސް ދެން އެކަން ބަލައެއް ނުގަންނާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އިމްރާނަށް ރައްދު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ޢަދާލަތު ޕާޓީއަކީ ދެތިން މީހެއްގެ މަންފާއަށް ގެންގުޅޭ ޕާޓީއެއް ކަމަށެވެ. އަދި އިމްރާން މިހާރު ކުރަށްވާ މަސައްކަތްޕުޅަކީ 2023 ކައިރިވާތީ އެމަނިކުފާނުވެސް ސިޔާސީ މައިދާނުގައި ހުންނެވިކަން އެންގުމަށް ކުރަށްވާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

Hahqu goiy e’ee hahqu kamugai vanee thaaeedhu kuraa meehunge adhadhu gina,nuvatha madhuvumakun noon.kithanme madhu bayaku thaaeedhu kuriyas hahqu vaanee hama hahqah. Adhi qaumuge enmen thaaeedhu kuriyas baathil vaanee hama baathilah.
— Imran Abdulla (@ShimranAb) July 16, 2022
އިއްޔެ އިމްރާން ވިދާޅުވީ ޢަދާލަތު ޕާޓީ އޮތީ ކުޑަކޮށް ވެސް ފަހަތަށްޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި އިސްލާމްދީނުގެ ފުރިހަމަ މަފުހޫމުގައި ސިޔާސީ މަސައްކަތުގައި ޢަދާލަތު ދާނީ ބާރަށް ކުރިއަށްކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގައި އިސްލާމް ދީނަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދިން ބަޔަކީ އަދާލަތު ޕާޓީކަމަށް އިމްރާން ވިދާޅުވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދީނީ އިލްމްވެރިންނާއި އާންމުން ހިމެނެއެެވެ.
އިމްރާންގެ މިވާހަކަ ތަކަށް ރައްދު ދެމުން ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވީ އަދާލަތު ޕާޓީއަކީ ސަރުކާރުގެ "ލާދީނީ" ކަންކަމަށް ފަސްއަޅައިދޭން އޮންނަ ''އުދައްޔެއް'' ކަމަށެވެ. މީގެ އިތުރުން އިމްރާނަށް ރައްދު ދެއްވަމުން ޝައިޚް ޢަބްދުﷲ ސައުދާން ވަނީ، އަދާލަތު ޕާޓީގެ ޒައާމަތުގައި ތަހުގީގީ އިދާރާއާއި، ތަންފީޒީ އިދާރާ ލިބިފައި އޮތް އިރު ވެސް މި ގައުމުގެ އިސްލާމީ ދީނީ، އަހުލާގީ، އިޖްތިމާއީ، ފޭރާން ވީދި ނިމި، ހުސްވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި 2023 ކައިރި ވުމުން ދީނީ ކާޑައިގެން ނިކުތަސް ދެން އެކަން ބަލައެއް ނުގަންނާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އިމްރާނަށް ރައްދު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ޢަދާލަތު ޕާޓީއަކީ ދެތިން މީހެއްގެ މަންފާއަށް ގެންގުޅޭ ޕާޓީއެއް ކަމަށެވެ. އަދި އިމްރާން މިހާރު ކުރަށްވާ މަސައްކަތްޕުޅަކީ 2023 ކައިރިވާތީ އެމަނިކުފާނުވެސް ސިޔާސީ މައިދާނުގައި ހުންނެވިކަން އެންގުމަށް ކުރަށްވާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު