ބަނގުރޫޓްވެ ގިނަ ރައްޔިތުން ތަކެއް ހާލުގައި ޖެހިފައިވާ ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އައި އޯސީސީގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކަށް ގޮވާލައްވައިފިއެވެ.
އަވައްޓެރި ލަންކާގެ އިގުތިސާދު މިހާރު އޮތް ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރައްވަމުން ޑރ. ޝަހީމް މިއަދު ވިދާޅުވީ، ލަންކާގެ ހީނަރުވެފައިވާ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތްތަކަށް އޯއައިސީގެ މެންބަރު ގައުމުތަކުން އެހީތެރިވާން ޖެހިފައިވާ ކަމަށެވެ.
އަދި ލަންކާގައި ހަމަޖެހުން ގާއިމު ކުރުމަށް އެ ގައުމުގެ ރައްޔިތުން ކުރާ އުއްމީދަށް އެއްބާރުލުން ދިނުމަށް ވެސް ޝަހީމް ވަނީ ގޮވާލައްވާފައެވެ.
އިސްލާމީ ގައުމުތައް ތަމްސީލުކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާ އޯއައިސީއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިންޓަރ ގަވަރމަންޓް ޖަމިއްޔާއެވެ. އޯސީސީގެ އެޑްވައިޒަރުކަމާއި ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ކުރިން އަދާކުރައްވާފައިވާ ޑރ. ޝަހީމަކީ މިހާރުވެސް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން، އައިއޯސީސީގެ ރައީސެވެ.
ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއި ގުޅިގެން ރައްޔިތުން ނުކުމެ މަގުމަތީ ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ކުރިމަތިވި ޕްރެޝަރާއެކު އެ ގައުމުގެ ރައީސް މިހާރުވަނީ އިސްތިއުފާ ދެއްވާފައެވެ. ތެލާއި ގޭހުގެ ބާވަތްތަކަށް ވަރަށް ބޮޑަށް ދަތިވެ ލަންކާގެ ގިނަ ރައްޔިތުން ތިބީ ހާލުގައި ޖެހިފައެވެ. އެ ތަކެތި ގަންނަން ރައްޔިތުން ތިބެންޖެހިފައިވަނީ ދިގު ކިއޫތަކުގައެވެ.

We are deeply concerned over the dire state of the economy of our friend and neighbour, #SriLanka I take this opportunity to call on all @OIC_OCI members to assist in efforts to revive the country's faltering economy and support the people's aspiration to restore stability.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 16, 2022
އިސްލާމީ ގައުމުތައް ތަމްސީލުކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާ އޯއައިސީއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިންޓަރ ގަވަރމަންޓް ޖަމިއްޔާއެވެ. އޯސީސީގެ އެޑްވައިޒަރުކަމާއި ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ކުރިން އަދާކުރައްވާފައިވާ ޑރ. ޝަހީމަކީ މިހާރުވެސް އިސްލާމިކް އޯގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން، އައިއޯސީސީގެ ރައީސެވެ.
ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއި ގުޅިގެން ރައްޔިތުން ނުކުމެ މަގުމަތީ ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ކުރިމަތިވި ޕްރެޝަރާއެކު އެ ގައުމުގެ ރައީސް މިހާރުވަނީ އިސްތިއުފާ ދެއްވާފައެވެ. ތެލާއި ގޭހުގެ ބާވަތްތަކަށް ވަރަށް ބޮޑަށް ދަތިވެ ލަންކާގެ ގިނަ ރައްޔިތުން ތިބީ ހާލުގައި ޖެހިފައެވެ. އެ ތަކެތި ގަންނަން ރައްޔިތުން ތިބެންޖެހިފައިވަނީ ދިގު ކިއޫތަކުގައެވެ.
ކިޔުންތެރިންގެ ހިޔާލު