ބ. އަތޮޅުގައި އޮންނަ ފަޅުރަށެއްކަމަށްވާ ބ. އުނޑޫދޫގައި ބިދޭސީ ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެތަނުން އެކެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވާ ކަމަށެވެ.
އިއްޔެ ހިނގި އެ މާރާމާރީގައި ޒަހަމްވެފައި ވަނީ 45 އަހަރުގެ މީހެކެވެ. އަދި އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 43 އަހަރުގެ ބިދޭސީއެކެވެ. ފުލުހުން އިއްޔެ ބުނެފައިވަނީ، އެމީހާއަށް ބ. އޭދަފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާ އަދި އެމީހާގެ ހާލު ސީރިއަސް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު