އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީ ގޮތުން ފައްޓަވައި ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ. މާފުށްޓަށް ވަޑައިގެންފި އެވެ.
ރައީސް މާފުއްޓަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެެވެ. މާފުށީ ބަދަރު ސަރަހައްދުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދާއި އޭޝިއާގެ ބޮޑީ ބިލްޑިން ފެޑެރޭޝަންގެ ރައީސް ސިންގަޕޫރުގެ ދާތުކް ޕޯލް ޗުއާ އެވެ.
މުބާރާތް ރަސްމީކޮށް ފެށުމުގެ ހާއްސަ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާފުށީގައި މޫދަށް އެރޭ ސަރަހައްދުގައި ހަދައިފައިވާ ސްޓޭޖުގަައި މިރޭ 8:30 ގައެވެ.
މުބާރާތް މިރޭ ރަސްމީކޮށް ލޯންޗު ކުރިއަސް، މުބާރާތުގެ ރަސްމީ އިވެންޓްތައް ފެށުމަށް ނިއްމާފައިވަނީ މާދަމާ ހަވީރު އެވެ. މުބާރާތުގެ ފިރިހެން ކެޓަގަރީގެ އިވެންޓްތައް މާފުށީގައި ކުރިއަށްދާއިރު އަންހެން ކެޓަގަރީގެ އިވެންޓްތައް އޮންނާނީ ކްރޮސް ރޯޑްސްގަ އެވެ.
މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި އޭޝިއާގެ 30 ގައުމަކުން އެތުލީޓުން ވާދަކުރެއެެވެ. މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާނެ ބައިނަލްއަގްވާމީ އެންމެ ބޮޑު މުބާރާތް ކަމަށް ބޮޑީ ބިލްޑިން އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު