ބ. އަތޮޅު ފަޅުރަށެއްގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ވަޅި ހަރައި ޒަހަމްކޮށްލި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އޭނާގެ ހާލަތަށް މާބޮޑު ބަދަލެއް ނާންނަ ކަމަށާއި އަދި ވެސް އިމެޖެންސީ ރޫމްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ އޭނާ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މި ހަމަލާގައި އޭނާގެ ބޮލުގެ ފަސް ތަނަކަށްވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު، ބަނޑަށް ދީފައިވާ ހަމަލާގަައި ގޮހޮރުވެސް ބޭރަށް ނިކުމެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ހަމަލާގައި ޒަހަމްވި 45 އަހަރުގެ ފިިރިހެން މީހާ ގިނަ ސާޖަރީތަކެއް ބ. އަތޮޅު ހޮސްޕިޓަލުން ވަނީ ކޮށްފަ އެވެ.
ބ.އަތޮޅު އުނޑޫދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މި މާރާމާރީއާ ގުޅިގެން 43 އަހަރުގެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މާރާމާރީ ހިނގަން މެދުވެރިވީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު