ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަންނަ އޮގަސްޓް މަހުގެތެރޭގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިކަން ހާމަ ކޮށްފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ބުނެފައިވަނީ، ރައީސް ޞާލިޙް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނީ އޮގަސްޓް ފުރަތަމަ ހަފްތާގެ ތެރޭގައި ކަމަށާއި އިންޑިއާގެ ވެރިރަށް ދިއްލީއަށް ކުރައްވާ އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރާއި އެހެން ވެސް އިސްވެރިންނާ ރައީސް ބައްދަލު ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން، ވިޔަފާރިއާއި ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރު ރަނގަޅު ކުރުމާމެދު މަޝްވަރާ ކުރައްވާނެ ކަމަށާއި، ދިއްލީއަށް ވަޑައިގަތުމުގެ އިތުރަށް އެ ދަތުރުފުޅުގައި އިންޑިއާގެ ވިޔަފާރީގެ މައި ރަށް، މުމްބާއީއަށް ވަޑައިގެން އިންޑިއާގެ އިންވެސްޓަރުންނާ ރައީސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ކަމަށް ވެސް އެ މިނިސްޓްރީ ވަނީ ބުނެފައެވެ.
ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރައީސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ވަނީ 2018 ގެ ޑިސެމްބަރުގައެވެ. އަދި 2019 ވަނަ އަހަރުގެ ތެރޭގައި ބެންގަލޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ.
ރައީސް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަމަށް އިންޑިއާއިން ހާމަ ކޮށްފައިވީނަމަވެސް ދިވެހި ސަރުކާރުން މިކަމާއި ގުޅޭގޮތުން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު