ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން ބަނގުރާ އިޝްތިހާރުވާ ގޮތަށް ބެހެއްޓި މެނޫއެއްގެ މައްސަލައިގައި އެ ސްކޫލުން މައާފަށް އެދިއްޖެއެވެ.
މިމައްސަލަ ފެންމަތިވީ އެ ސްކޫލްގައި ބޭއްވި ސޭލް ހަރަކާތެއްގައި ހުރި ކެންޓީނެއްގައި ބަނގުރާ ބޭނުންކޮށްގެން ތައްޔާރުކުރާ ބައެއް ބުއިންތަކަށް ދޭ ނަންތައް ދީފައިވާ ބުއިންތަކެއް ހުރުމުންނެވެ. ނަމަވެސް އެތަނުގައި ބަނގުރާ ގެންގުޅެފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ރެހެންދި ސްކޫލުން ބުނީ އެކަން ކުރި ބަޔަކު ބޭނުންކުރި މެނޫއަކީ އިންޓަނޭޝަނަލް މެނޫއެއް ކަމަށްވާތީ މާބޮޑު ވިސްނާލުމެއް ނެތި އެގޮތަށް ބެހެއްޓުނިީ ކަމަށެވެ. އަދި އެސްކޫލުން ވަނީ އެކަން ކުށްވެރިކޮށް އެކަމާއި ގުޅިގެން މައާފަށް ވެސް އެދިފައެވެ.
ރެހެންދި ސްކޫލުން ބުނީ އެކަން ސަމާލުކަމަށް އައި ހިސާބުން ފެށިގެން މެނޫ ހިމެނޭ އިޝްތިހާރު ބޯޑު ނަގާފައިވާ ކަމަށެވެ.
މި މެނޫގެ މައްސަލައިގައި ގިނަ ބެލެނިވެރިންވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު