ބޭރުމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެނަކު އިތުރުފަރުވާއަށް އިންޑިއާއަށް ގެންގޮސްފިއެވެ.
ކާރެއް ކޮންޓްރޯލް ނުވެގެން މިމަހުގެ 4 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓްގައި ގިނަ ބަޔަކު ޒަހަމްވިއިރު އެކަކު ވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ ގއ. މާމެންދޫ، ބިލަތްމާގޭ، މަރްޔަމް އަމާނީ ރަޝީދު، 23، އެވެ.
އެކްސިޑެންޓްގައި ޒަހަމްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ ހަތަރު މީހުންގެ ތެރެއިން 2 މީހަކު ވޯޑަށް ބަދަލުކުރި ނަމަވެސް 2 މީހަކަށް އައިީ އައިސީޔޫގައި ފަރުވާދެމުންނެވެ. އޭގެތެރެއިން އިންޑިއާއަށް ގެންދިޔައީ އައިސީޔޫގައި އޮތް އަންހެން ކުއްޖާއެވެ.
އެ އަންހެން ކުއްޖާ އިތުރުފަރުވާއަށް އިންޑިއާއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އިތުރު ފަރުވާއަށް އެކުއްޖާ ގެންގޮސްފައިވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށެވެ.
މިހާތަނަށް ބެލި ބެލުމުން އެކްސިޑެންޓް ހިނގާފައިވަނީ އެކުވެނި ކައިރިން ދުއްވާފައިދިޔަ ކާރެއް އެމަގުން ދުއްވާފައިދިޔަ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް، ހަމަ އެމަގުން ދުއްވާފައިދިޔަ ބަހެއްގައި ޖެހިގެންކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި ކާރުގެ ކުރީކޮޅު އެއްކޮށް ވަނީ ފުނޑުފުނޑުވެފައެވެ. އަދި ބަހުގެ ކުރީކޮޅު ބަނޑިވެ ބިއްލޫރިގަނޑު އެއްކޮށް ވަނީ ތަޅައިގެން ގޮސްފަ އެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު