ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން މި އެލާޓް ނެެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅު ހިމެނޭ ރަށްތަކަށެެވެ. އެގޮތުން މިއަދު މެންދުރު ފަހު 2:45 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް އެ ރަށްތަކަށް އުދަ އަރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.



އައްޑޫ ހިމެނޭހެން މި މަހުގެ ކުރީކޮޅު ވެސް ދެކުނުގެ ބައެއް ރަށްތަކަށް އުދަ އަރައި ވަރަށް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ. އިއްޔެ ވެސް ތ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް އުދައަރާނެ ކަމަށް ލަފާކޮށް މެންދުރު ފަހު މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު