އަހުމަދު މަސްނޫމް   15 ޖުލައި 2022 - 16:23
ގެއްލުވާލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލައިގައި ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވާ އިސްމާއީލް އަބްދުއްރަހީމް (އިސޫ) މަރު ކޮމިޝަނަށް މިއަދު ހާޒިރުކޮށްފިއެވެ.

އިސްމާއީލް އަބްދުއްރަހީމް ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހެނދުނުގައި ކާނިވާ ސަރަހައްދުގައި ހުރި ކެފޭއެއްގައި ސައި ބޯން އިންދައެވެ. އިސޫގެ އިތުރުން މި މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން އެދިގެން ހައްޔަރުކޮށްފައިވަނީ އަހްމަދު އިސްމާއީލް (އަހަނދު) އަދި އަޙްމަދު މުއާޒު (ގަޓު މުއާ)އެވެ.

އެ ތިން މީހުންވެސް ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށް މަރު ކޮމިޝަނުގެ ފަރާތުން އެދުމުން އެ ތިން މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އިސޫ މިއަދު މަރު ކޮމިޝަނަށް ހާޒިރުކޮށްފައިވާއިރު އޭނާ ހާޒިރުކުރި ސަބަބާއި ބެހޭގޮތުން މިހާތަނަށް އެ ކޮމިޝަނުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު