ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފޯމް ހުށަހެޅުމަށް ހުޅުވާލި ގެދޮރުވެރިން ޕޯޓަލަށް މިހާތަނަށް 5000 އަށްވުރެ ގިނަ ފޯމް ލިބިފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ގެދޮރުވެރިން" ޕްރޮގްރާމެއް މިދިޔަ ޖޫންމަހު ތައާރަފްކޮށްފައިވާއިރު، މިހާތަނަށް ވަނީ ދެ ސްކީމެއް ތައާރަފްކޮށްފައެވެ. އެއީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް" އާއި މާލެ ސަރަޙައްދުން ފްލެޓް ދިނުމަށް ޚާއްސަކޮށްފައިވާ "ގެދޮރުވެރިޔާ ސްކީމް"އެވެ. އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމަށް "ގެދޮރުވެރިން ޕޯޓަލް" ވަނީ ލޯންޗުކޮށްފައެެވެ.
ހައުސިންގ މިނިސްޓްރީން ބުނީ މިހާތަނަށް އެ ޕޯޓަލް މެދުވެރިކޮށް 5278 ފޯމް ލިބިފައިވާކަމަށެެވެ. ސަރުކާރުން ތައާރަފްކޮށްފައިވާ ސްކީމްގެ ސަބަބުން ފްލެޓް ފޯމްލުމަށް ދިގު ކިޔޫތަކުގައި ތިބުމުގެ ބަދަލުގައި އޮންލައިންކޮށް ފޯމް ހުށަހެޅޭނެއެވެ.
މިޕޯޓަލް މެދުމެރިކޮށް ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ޝަރުތުތަކާއި އަދި އުސޫލުތަކާއި ގުޅޭ މަޢުލޫމާތު ލިބޭނެއެވެ. އަދި ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ފަސޭހަކަމާއެކު ހުށައެޅޭނެއެވެ. މީގެއިތުރުން މި ޕޯޓަލް ފަރުމާކޮށްފައިވަނީ ސުންގަޑި ހަމަވުމާއި ހަމައަށްވެސް ހުށަހަޅާފައިވާ ފޯމުތަކަށް، އެފޯމެއް ހުށަހެޅި ފަރާތުން ބޭނުންވާ އުނިއިތުރު ގެނެވޭނެހެންނެވެ.
ފޯމް ހުށަހެޅުމުގެ ފުރުޞަތު 26 ސެޕްޓެމްބަރުގެ ނިޔަލަށް އޮންނާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.
ޕޯޓަލްއަށް ފޯމު ހުށައެޅުމުން އެ މަސައްކަތް ކުރިއަށްދާގޮތުގެ ނޮޓިފިކޭޝަން، އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ލިބޭނެ ފީޗަރތައްވެސް މިޕޯޓަލްގައި ހިމެނެއެވެ. މި ޕޯޓަލްގެ ލޮގިންއަކީ https://gedhoruverin.gov.mv/ އެވެ.
ސަރުކާރުން އިއުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗެވެ. އަދި އެ ފްލެޓްތަކާއި ގޯއްޗަށް ކުރިމަތިލުމުގެ އުސޫލުތައްވެސް ވަނީ މިހާރު އާއްމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު