ތުރުކީގެ އިސްތަންބޫލުގައި ހިނގި ބަސް އެކްސިޑެންޓެއްގައި ދިވެހި އާއިލާއަކަށް އަނިޔާވެއްޖެ އެވެ.
އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ އާއިލާއެއްގެ މެންބަރުންތަކަކަށެވެ.
އެކްސިޑެންޓްގައި އެ އާއިލާގެ ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އެގޮތުން މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އިބްރާހީމް ޝިޔާޒް ނަމަކަށް ކިޔާ މީހަކާއި އޭނާގެ އަންހެނުންގެ އިތުރުން ދެ ދަރިންނަށެވެ.
އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހުންނަށް ލިބުނު ޒަހަމްތަކުގެ ތެރޭގައި އެކެއްގެ އަތް ބިނދި އެކިވަރުގެ އަނިޔާތަށް ވަނީ ލިބިފައެވެ. މިއެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވީ ޝިޔާޒަށެވެ. އެހެން ނަމަވެސް މި އެކްސިޑެންްޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބެއެެވެ.
މިކަމާ ގުޅޭގޮތުން ދިވެހި ޚާރިޖިއްޔާގެ ބަހެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު