މާލެ އަތޮޅު ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކަށް އެރަށު މީހުން އަނިޔާކޮށް، އޭނާ ބަރަހަނާ ކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، ކ. އަތޮޅުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު 18:30 އެހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާއަށް ބަޔަކު މީހުން ހަމަލާދީ އަނިޔާ ކުރާތީ، އެކަން ހުއްޓުވުމަށް ހަރަކާތްތެރިވި ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާއަށް ވެސް ހަމަލާ ދިނުމުގެ ސަބަބުން އެކިވަރުގެ އަނިޔާތައް ވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ އިތުރުން ފުލުހުންނަށާއި ތުހުމަތު ކުރެވޭ މީހާއަށް ހަމަލާދީފައިވާ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ތުހުމަތު ކުރެވޭ މީހާއަށް އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް ރަށު ބަޔަކު ވަނީ ހެލްތު ސެންޓަރުން ކަރަންޓް ކަނޑާލުމަށްފަހު ހެލްތު ސެންޓަރަށް ވަދެ އޭނާއަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު