ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ޕާޓީ، އެމްޓީޑީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާ ކޮށްފިއެވެ.

ސިއްރިއްޔާތުގައި ރާއްޖެ ވަޑައިގެން 33 ގަޑިއިރެއްހާއިރު މަޑުކުރެއްވުމަށްފަހު، ސިންގަޕޫރަށް ވަޑައިގެން ހުންނަވާ ގޮޓާބަޔަ މިރޭ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، އެމްޓީޑީން މިރޭ ބުނީ، ލަންކާގެ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސުލްހަވެރިކަމާއެކު އެގައުމުގެ ރައީސް އިސްތިއުފާ ދެއްވައި، މުޅި މި ސަރަހައްދަށް ފިނިކަން ގެނެސްދެއްވުމަށް މެދުވެރިވި އާރުކާޓީއަކީ ރައީސް ޞާލިޙް ކަމަށެވެ.

"ބަސްމަދު އަމަލު ގިނަ ރައީސް ޞާލިޙަށް ޝުކުރު ދަންނަވަން. ފާޑުކިޔުމަކީ ފަސޭހަކަމެއް. ކަންކުރާނީ ލީޑަރުން. ކުރިޔަށް ދިވެހި ގައުމު." އެމްޓީޑީން މިރޭ ކުރި ޓްވީޓްގައި ވެއެވެ.

އެމްޓީޑީން ރައީސް ޞާލިޙަަށް މަރުހަބާ ދަންނަވާފައިވާއިރު، އިއްޔެރޭގެ މެންދަމުގެ ވަގުތެއްގައި ސިއްރިއްޔާތުގައި ރާއްޖެ ވަޑައިގެންނެވުމަށް ގޮޓާބަޔާއަށް ފުރުސަތު ދިނުމުންނާ، ސްރީލަންކާގެ ދާހިލީ ކަމެއްގެ ތެރެއަށް ރާއްޖެއިން ވަދެފައިވާކަމަށް ބުނެ އިދިކޮޅުންނާއި އެނޫންވެސް ބައެއް ފަރާތްތަކުން ވަނީ ސަރުކާރާއި، އެކަމުގައި ވާގިވެރިވިކަމަށް ތުހުމަތު ކުރާ ރައީސް ނަޝީދަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ލަމްކާގެ ރައީސް އިސްތިއުފާ ދެއްވުމާއެކު އެކަން ފާހަގަ ކުރަށްވައި ރައީސް ނަޝީދުވެސް ވަނީ މިކަމުގައި ސަރުކާރުން އަމަލުކުރި ގޮތަށް ތަޢުރީފް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު