ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވާ އެކަމުގެ ލިޔުން ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ފޮނުއްވާފައިވާ ކަމަށެވެ.

ގޮޓާބަޔާ އިސްތިއުފާ ދެއްވިއިރު ހުންނެވީ ސިންގަޕޫރު ގައެވެ. އޭނާ ސިންގަޕޫރަށް ވަޑައިގެންނެވި ދިވެހިރާއްޖޭގައި ތިރީހަކަށް ގަޑިއިރު މަޑުކޮށްލެވުމަށްފަހު މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ސިންގަޕޫރުގެ ޚާރިޖީ ވުޒާރާއިން ބުނީ ގޮޓާބަޔާ އެގައުމަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ. އަދި ސިންގަޕޫރުން ގޮޓާބަޔާ އަށް ހިމާޔަތް ދިންކަމަށް ދެކެވޭ ވާހަކަތައް ޚާރިޖިއްޔާއިން ވަނީ ދޮގުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު