ސްރީލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ، ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަތުމުގައި އިންޑިއާ އިން އެހީތެރިވެ ދީފައިވާ ކަމަށްބުނެ ކުރާ ތުހުމަތުތައް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ދޮގުކޮށްފިއެވެ.
އިއްޔެގެ މެންދަމުގެ ވަގުތެއްގައި ލަންކާގެ ރައީސް ސިއްރިއްޔާތުގައި ރާއްޖެ ވަޑައިގެނެވުމަށްފަހު، މިއަދުވަނީ ރާއްޖެއިން ފުރާވަޑައިގެންފައެވެ. ގޮޓާބަޔަ ރާއްޖޭ ވަޑައިގެންނެވި ހިސާބުން ގިނަ ބަޔަކު ވަނީ ލަންކާގެ ދާހިލީ މައްސަލައެއްގެ ތެރެއަށް ރާއްޖެއިން ވަންނަން ނުޖެހޭކަމަށް ބުނެ ސަރުކާރުގެ އެ އަމަލު ކުށްވެރި ކޮށްފައެވެ. އަދި އެ ކަމަކީ އިންޑިއާ އަޑީގައި އޮވެގެން ކުރާ ކަމެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ވަނީ ސިފަ ކޮށްފައެވެ.
މި ތުހުމަތު ތަކާއި ގުޅިގެން، ހައި ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގޮޓާބަޔަ ފިއްލެވުމަށް އިންޑިއާ ސަރުކާރުން އެހީތެރިވެ ދީފައިވާ ކަމަށް ބުނެ ކުރެވެނީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އެކަމުގައި އިންޑިއާގެ އަތެއް ނޯންނާނެކަމަށް ލަންކާގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވެސް އިއްޔެ ވަނީ ބުނެފައެވެ.
ރާއްޖޭގައި 33 ގަޑިއިރު ވަރު ހުންނެވުމަށްފަހު މިއަދު ސައުދި އަރަބިއްޔާގެ ގައުމީ އެއާލައިންގައި ގޮޓާބަޔަ ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ. ރިޕޯޓުތައް ބުނާގޮތުން ސިންގަޕޫރުން ވަނީ ގޮޓާބަޔަ އަށް ހިމާޔަތް ދީފައެވެ. ނަމަވެސް އެގައުމުގެ ފޮރިން މިނިސްޓްރީން ދެންމެ ވަނީ އެކަން ދޮގުކޮށްފަ އެވެ.

High Commission categorically denies baseless reports that suggest that Govt. of India was involved in the reported transit of @GotabayaR through the Maldives.
— India in Maldives (@HCIMaldives) July 14, 2022
ރާއްޖޭގައި 33 ގަޑިއިރު ވަރު ހުންނެވުމަށްފަހު މިއަދު ސައުދި އަރަބިއްޔާގެ ގައުމީ އެއާލައިންގައި ގޮޓާބަޔަ ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ. ރިޕޯޓުތައް ބުނާގޮތުން ސިންގަޕޫރުން ވަނީ ގޮޓާބަޔަ އަށް ހިމާޔަތް ދީފައެވެ. ނަމަވެސް އެގައުމުގެ ފޮރިން މިނިސްޓްރީން ދެންމެ ވަނީ އެކަން ދޮގުކޮށްފަ އެވެ.
ކިޔުންތެރިންގެ ހިޔާލު