ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިޔަކު ހުރެ، ޝެއިޚުންތަކެއް ހައްޔަރުކޮށްގެން ގެންގުޅޭ ގެންގުޅުމަކީ ހުތުރުކަން ބޮޑު ކަމެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާނަށް، ޝައިހް ސަމީރު ރައްދު ދެއްވާފައި މިވަނީ 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތު ޕާޓީން ކަމަށް ވިދާޅުވެ އިމްރާން ކުރެއްވި ޓްވީޓަކާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުމާއި ރައްދު އިމްރާނަށް އަމާޒުވެފައި ވަނިކޮށެވެ.

ޝައިހް އަހްމަދު ސަމީރު މިއަދު ވިދާޅުވީ ޔޯގާ ފަތުރަން ގަދަބާރު ދައްކަމުންދާ ބޭރު ގައުމެއްގެ ނުފޫޒަށް، ދެ އިލްމުވެރިއެއްގެ ބަންދުގެ މުއްދަތު، ހައްގަކާއި ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓްގައި އެދެމުންދާ ދިއުމަކީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ވަރަށް ހުތުރުކަން ބޮޑުވެގެންވާ ކަމެއް ކަމަށެވެ.



ސަމީރުގެ ޓްވީޓްގައި އިޝާރާތް ކުރައްވާފައި އެވަނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާއި ގުޅިގެން ހިނގި ހަމަނުޖެހުން ހިންގަން ބާރު އެޅިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ޝައިހް ނިޝާނާއި ޝައިހް ފަޒްލޫންގެ ހައްޔަރުގެ މައްސަލައަށެވެ. އެ ދެ ބޭފުޅުންގެ ބަންދުގެ މުއްދަތު އެކި ފަހަރުމަތިން މިހާރުވަނީ ކޯޓު މެދުވެރިކޮށް އިތުރު ކޮށްފައެވެ.

ހޯމް މިނިސްޓަރަށް ރައްދުދެއްވާ ސަމީރު އެފަދައިން ވިދާޅުވިއިރު، ފުލުހުން ޖަވާބުދާރީ ވާންޖެހޭ މިނިސްޓަރަކީ ހޯމް މިނިސްޓަރެވެ.



ކިޔުންތެރިންގެ ހިޔާލު