އަހުމަދު މަސްނޫމް   14 ޖުލައި 2022 - 14:48
ދެކުނުގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އުދަ އަރާފާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ. އެގޮތުން އުދަ އަރާފާނެކަމަށް ލަފާކޮށް މިއަދު މެންދުރު 1:30 އިން ހަވީރު 5:30އާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.



ވޭތުވެދިޔަ 2 ހަފްތާއެއްހާ ދުވަހު ރާއްޖޭގެ މޫސުން ގޯސްކޮށް އޮތްއިރު، ދެކުނުގެ ބައެއް ރަށްތަކަށް ވަނީ އުދަ އަރައި، ގެއްލުންތަކެއްވެފައެވެ.

މިއަދުވެސް ބައެއް ސަރަހައްދުތަކަށް އުދަ އަރާނެކަމަށް ލަފާކޮށްފައިވާއިރު، މެޓް އޮފީހުން އިއްޔެވެސް ވަނީ ބައެއް ހިސާބުތަކަށް އުދައަރާނެކަމަށް ލަފާކޮށް އެލާޓް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު