ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގަތުމަށްފަހު ދެން ވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާއަށްކަމަށް ދިވެހި ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ބޭރުގެ ބައެއް ނޫސް އެޖެންސީތަކުން ރިޕޯޓްކޮށްފިއެވެ.
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި އެމަނިކުފާނުގެ އަނބިކަނބަލުން ލަންކާ ދޫކުރައްވައި ރާއްޖެ ވަޑައިގެންނެވީ އަންގާރަދުވަހުގެރޭ މެންދަމުގެ ވަގުތެއްގައެވެ. އެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވީ މިލިޓަރީ އެއަރ ކްރާފްޓެއްގައެވެ.
ރާއްޖޭގައި އެއް ދުވަސް ހޭދަކުރެއްވުމަށްފަހު މިއަދު މެންދުރު 12:00 ޖަހަން އުޅެނިކޮށް ގޮތަބަޔާ ރާޖަޕަކްސައާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ސައުދީގެ އެއަރލައިންގެ ފްލައިޓެއްގައި ފުރާވަޑައިގެންފައެވެ.
އޭޕީ ނިއުސް އެޖެންސީއާ ވާހަކަދައްކަވަމުން ދިވެހި ސަރުކާރުގެ އޮފިޝަލެއް ވިދާޅުވީ ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގަތުމަށްފަހު، ސިންގަޕޫރު މަގުން ދެން ވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާގެ ޖިއްދާއަށްކަމަށެވެ.
ބައެއް ހަބަރުތައް ބުނާގޮތުން ގޮތަބަޔާ ވަނީ ރޭވެސް ސިންގަޕޫރަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރަށްވާފައެވެ. ނަމަވެސް ކޮމާޝަލް ފްލައިޓެއްގައި ވަޑައިގެންނެވުމުގައި ސެކިއުރިޓީ މައްސަލަތަކެއް ކުރިމަތިވެދާނެތީ އެކަން ވަނީ ކެންސަލްކޮށްފައެވެ.
ގޮތަބަޔާއަށް ލަންކާއިން ބޭރުވެވުނީވެސް ވަރަށް ހާލުންނެވެ. އެގޮތުން ކޮމާޝަލް ފްލައިޓެއްގައި ފުރުމަށް އެތައް ފަހަރެއްގެ މަތިން ކުރި މަސައްކަތް ނާކާމިޔާބުވުމުން، އެންމެފަހުން އެމަނިކުފާނަށް ޖެހިވަޑައިގަތީ ކުޑަކުޑަ މިލިޓަރީ އެއަރކްރާފްޓެއްގައި ސިއްރިޔާތުގައި ޤައުމު ދޫކުރަށްވައި ވަޑައިގަންނަވާށެވެ.

ކިޔުންތެރިންގެ ހިޔާލު