ހަމަނުޖެހުންތައް ބޮޑުވެފައިވާ ސްރީލަންކާގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވެއްޖެއެވެ.
ލަންކާގައި ހަމަނުޖެހުންތައް ބޮޑުވެފައިވާއިރު އެޤައުމުގައި މިވަގުތު ރަނގަޅު ނިޒާމެއްގެ ދަށުން ހިނގާ ސަރުކާރެއްވެސް ނެތެވެ. އާއްމު ރައްޔިތުން ނިކުމެ ރިޔާސީ ގަނޑުވަރު ހިފުމާއެކު ލަންކާގެ ރައީސް ވަނީ ޤައުމު ދޫކުރައްވައި ވަޑައިގެން ފައެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި މިހާރު ހިނގަމުންދާ ކަންކަން އދއިން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި މައްސަލަތަކުގެ އަސްލު ސަބަބަށް ހައްލު ހޯދުމަށް މަސައްކަތްކުރުމަކީ މުހިއްމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ސުލްހަވެރި އަދި ޑިމޮކްރެޓިކް އުސޫލަކުން ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ލަންކާގެ ސިޔާސީ ފަރާތްތަކުން ދޫ ދިނުމުގެ ރޫހުގައި މަސައްކަތްކުރަންޖެހޭކަމަށެވެ.
ލަންކާގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާއިރު، އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ޤައުމު ދޫކުރައްވައި، ވަޑައިގެން ސިންގަޕޫރުން ހިމާޔަތް ހޯއްދަވާގައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެ ޤައުމުގެ ރައްޔިތުން މިހާރު ދަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިސްތިއުފާއަށްވެސް ގޮވާލަމުންނެވެ.
ލަންކާގައި ކާފިއު އިއުލާންކޮށްފައިވާއިރު، އެ ޤައުމުގެ މަގުތައް މިދިޔަ ދުވަސްތަކާއި އަޅާބަލާއިރު މިއަދު އަމާންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި ލަންކާގެ ސިޔާސީ ފަރާތްތަކުން މިހާރު ދަނީ ވަގުތީގޮތުން ވެރިކަމުގެ ބާރުތައް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންކަމަށް ހަބަރުތައް ބުނެއެވެ.

I continue to follow the situation in Sri Lanka very closely. It is important that the root causes of the conflict and protestors’ grievances are addressed. I urge all party leaders to embrace the spirit of compromise for a peaceful and democratic transition.
— António Guterres (@antonioguterres) July 14, 2022
އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ސުލްހަވެރި އަދި ޑިމޮކްރެޓިކް އުސޫލަކުން ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ލަންކާގެ ސިޔާސީ ފަރާތްތަކުން ދޫ ދިނުމުގެ ރޫހުގައި މަސައްކަތްކުރަންޖެހޭކަމަށެވެ.
ލަންކާގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާއިރު، އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ޤައުމު ދޫކުރައްވައި، ވަޑައިގެން ސިންގަޕޫރުން ހިމާޔަތް ހޯއްދަވާގައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެ ޤައުމުގެ ރައްޔިތުން މިހާރު ދަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިސްތިއުފާއަށްވެސް ގޮވާލަމުންނެވެ.
ލަންކާގައި ކާފިއު އިއުލާންކޮށްފައިވާއިރު، އެ ޤައުމުގެ މަގުތައް މިދިޔަ ދުވަސްތަކާއި އަޅާބަލާއިރު މިއަދު އަމާންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި ލަންކާގެ ސިޔާސީ ފަރާތްތަކުން މިހާރު ދަނީ ވަގުތީގޮތުން ވެރިކަމުގެ ބާރުތައް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންކަމަށް ހަބަރުތައް ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު