ޢަދާލަތު ޕާޓީއަށްވުރެ އިސްލާމްދީނަށް ޚިދުމަތްކުރި ޕާޓީއެއް ރާއްޖެއަކު ނެތްކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ ޢަދާލަތު ޕާޓީ އުފެއްދީ ރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށް ކަމަށާއި، އެ ޕާޓީ ދެމި އޮންނާނީ އެ ޒިންމާ އަދާކުރުމުގައިކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެެ.

ޢަދާލަތު ޕާޓީއަކީ ސަރުކާރުގެ ލާދީނީ ކަންކަމަށް ފަސްއަޅައިދޭން އޮންނަ ''އުދައްޔެއް'' ގެ ގޮތުގައި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވަނީ ވިދާޅުވެފައެވެ. ޝެއިހް އިމްރާނަށް ރައްދު ދެއްވަމުން ‏ޝައިޚް ޢަބްދުﷲ ސައުދާން ވިދާޅުވީ އަދާލަތު ޕާޓީގެ ޒަޢާމަތުގައި ތަހުގީގީ އިދާރާއާއި، ތަންފީޒީ އިދާރާ ލިބިފައި އޮތް އިރު ވެސް މި ޤައުމުގެ އިސްލާމީ ދީނީ، އަޚްލާޤީ، އިޖްތިމާއީ، ފޭރާން ވީދި ނިމި، ހުސްވެގެން ގޮސްފައިވާ ކަމަށެވެ. އަދި 2023 ކައިރި ވުމުން ދީނީ ކާޑައިގެން ނިކުތަސް ދެން އެކަން ބަލައެއް ނުގަންނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން އަދާލާތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބުދު ﷲ ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރާ ބަޔަށް ބެލިޔަސް ނުވަތަ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތުގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނެތްކަމަށެވެ. ގަބޫލުކުރެވުނަސް ނުކުރެވުނަސް މިއީ ހަގީގަތްކަމަށް އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަކީ ގިނަ އަދަދެއްގެ ދީނީ އިލްމްވެރިން ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީއެކެެވެ.



ކިޔުންތެރިންގެ ހިޔާލު