އަވައްޓެރި ސްރީލަންކާއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅަށް، ރީކޯ މޫސާމަނިކު ތައުރީފު ކުރައްވައިފިއެވެ.
ލަންކާގެ ރައީސް ގޮޓާބަޔަ ރޭ މެންދަމު ވަގުތެއްގައި ސިއްރިއްޔާތުގައި ރާއްޖެ ވަޑައިގެން ހިމާޔަތް ހޯއްދެވުމުގެ ކަންކަން އިންތިޒާމު ކޮށްދެއްވުމުގައި އެންމެ އިސްކޮށް އުޅުއްވީ ރައީސް ނަޝީދުކަމަށް ތުހުމަތުކޮށް އެމަނިކުފާނަށް ބޮޑެތި ފާޑުކިޔުންތަކެއް، ރާއްޖެއާއި ސްރީލަންކާއިން ވެސް އަމާޒުވެފައިވަނިކޮށް ރީކޯ މިއަދު ވިދާޅުވީ، ރައީސް ނަޝީދާއި ރީކޯއަކީ ހިޔާލުތަފާތު ދެބޭފުޅުން ކަމަށާއި ނަމަވެސް، ލަންކާގެ ރައްޔިތުން އެހާލަތުގައި އުޅޭތާ އެތައް ދުވަހެއް ވެފައިވާއިރު ރައީސް ނަޝީދު ފިޔަވާ، ރާއްޖޭގެ ރިޔާސީ މީހުން ލަންކާއަށް އެހީވަނީ އަލިފާނަށް ދަރު އަޅާ އުސޫލުން ކަމަށެވެ.
ރީކޯ ވިދާޅުވީ، ރައީސް ނަޝީދު ފިޔަވާ މި ގައުމުގެ އެކަކުވެސް ލަންކާއަށް ހެޔޮ ގޮތެއް ހޯދައިދޭން ނޫޅޭ ކަމަށެވެ. ރީކޯ މިފަދައިން ވިދާޅުވެފައިވާއިރު، ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ހާލަތުން އަރައިގަތުމަށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް އިސް މަންދޫބެއްގެ ގޮތުގައި ލަންކާ ސަރުކާރުން ވަނީ ރައީސް ނަޝީދު ހަމަޖައްސާފައެވެ.
އާންމުގޮތެއްގައި ރީކޯއަކީ ފާޅުކަން ބޮޑުކޮށް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ހާއްސަގޮތެއްގައި އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުމާއި ގުޅުވައި ރީކޯ ގެންދަވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު