މިރޭ ފެންނަ "މާހަނދު" އެހެން މަސްމަހު ފެންނަ ފުރިހަމަ ހަނދަށް ވުރެ ބޮޑުވެފައި އަލި ގަދަވާނެ ކަަމަށް ފަލަކީ މާހިރުން ބުނާ ކަމަށް ފަލަކީ އިލްމްވެރިޔާ އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިރޭގެ މާހަނދާއާއި ބެހޭގޮތުން ރައީސް މައުމޫން ވިދާޅުވީ މިރޭ ފެންނަ "މާހަނދު" އެހެން މަސްމަހު ފެންނަ ފުރިހަމަ ހަނދަށް ވުރެ ހަތް ޕަސެންޓް ބޮޑުވާނެ ކަމަށެވެ. އަދި 15 ޕަސެންޓް އަލި ގަދަވާނެ ކަމަށް ފަލަކީ މާހިރުން ބުނާ ކަމަށް މައުމޫން ވިދާޅުވިއެވެ.

މިރޭ އުޑުމަތި ސާފު ނަމަ މިހަނދު އާދަޔާ ހިލާފު ރީތި މަންޒަރަކަށް ވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



"މިރޭ ފެންނަ މާހަނދު އެހެން މަސްމަހު ފެންނަ ފުރިހަމަ ހަނދަށް ވުރެ ގާތްގަނޑަކަށް ހަތް ޕަސެންޓް ބޮޑުވެފައި 15 ޕަސެންޓް އަލި ގަދަވާނެ ކަމަށް ފަލަކީ މާހިރުން ބުނޭ. އުޑުމަތި ސާފުނަމަ އާދަޔާ ހިލާފު ރީތި މަންޒަރަކަށް ވާނެ. ބައްލަވާ ލައްވާ،" ރާއްޖޭގައި ތިރީސް އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު