މިވަގުތު ރާއްޖޭގައި ހުންނެވި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އަސްލު މަންޒިލަކީ ސިންގަޕޫރް ކަމަށާއި އޭނާ ދެން ވަޑައިގަންނަވާނީ ސިންގަޕޫރަށް ކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެފިއެވެ.
ލަންކާގެ ރައީސް ގޮތަބަޔާ ފިއްލަވައިގެން ރޭގެ ވަގުތުގައި ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ އަސްކަރީ މަތިންދާބޯޓެއްގައި އަނބިކަބަލުންނާއެކު އެވެ. ރާއްޖޭގައި ރިސޯޓެއްގައި މިވަގުތު ހުންނެވި ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދައަށް އެދި އެގައުމުގެ އިސް ބޭފުޅުންނާ މަޝްވަރާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ހުއްދަ ލިބޭނެ ކަމުގެ ޔަގީންކަން ސިންގަޕޫރުން ދިނުމުން ރާއްޖެ މަގުން އެ ގައުމަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާ ކަމަށް ބޭރުގެ ބައެއް މީޑިޔާތަކުގައި ބުނެފައިވެއެވެ.
ގޮތަބަޔާ ރާއްޖެ ވަޑައިގަތީ އޭނާ އެހެން ގައުމުތަކަށް ވަޑައިގަތުމަށް ހުއްދަ ނުލިބުމުންނާއި ލަންކާ އެއާޕޯޓުން އޭނާ ފުރާވަޑައިގަތުމަށް ހުއްޓުވާފައިވަނިކޮށެވެ. ލަންކާގެ ވެރިކަމުގެ ބާރުތައް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި މިހާރު ވަނީ ހަވާލުކުރައްވާފައެވެ.
ގޮތަބަޔާ ފިއްލަވައިގެން ރާއްޖެ ވަޑައިގެން އަދިވެސް އިސްތިއުފާ ނުދެއްވާތީ ރުޅިގަދަވެފައި ތިބި މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ސަލާމަތީ ބާރުތައް ފޫއަޅުވާލައި ބޮޑުވަޒީރުގެ އޮފީހަށް ވެސް ވަދެގަންފައެވެ. އަދި މުޒާހަރާގެ އިތުރު ބައިވެރިން މިހާރު ތިބީ މަޖިލިސްކުރާގެ ވަށާލައިގެންނެވެ. އެމީހުން ބުނަމުން ދަނީ އެތަންތަން ދޫކޮށްދާނީ ރައީސް ގޮތަބަޔާއާއި ރަނިސް އިސްތިއުފާ ދެއްވުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު