ސްރީލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސައަށް ހިމާޔަތް ދީގެން އުޅޭތީ ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން ކުރަންފެށި އިހުތިޖާޖު ފެށިތާ މާ ގިނަ އިރުތަކެއް ނުވެ ފުލުހުން ރޫޅާލައިފިއެވެ.
މިއަދު ހަވީރު ފެށި މި ސުލްހަވެރި އިހުތިޖާޖުގައި ލަންކާގެ ރައްޔިތުން ދިޔައީ ތަފާތު އެކި ބެނާތައް ހިފައިގެން ޝުއޫރު ފާޅުކުރަމުންނެވެ. ކާނިވާ ސަރަހައްދުގައި އެއްވެތިބި މީހުން ގޮވާލާފައިވަނީ، ޖަރީމާތައް ހިންގާފައިވާ ވެރިންނަށް ރާއްޖޭން ހިމާޔަތް ނުދިނުމަށެވެ. އެމީހުން ވަނީ ލަންކާގެ ދިދަ ވެސް މި އެއްވުމުގައި ބޭނުންކޮށްފައެވެ.
މި އެއްވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައި ވީނަމަވެސް، ފުލުހުން އެ ސަރަހައްދަށް ގޮސް ވަނީ އެއްވުން ރޫޅާލާ އެމީހުން ގެންގުޅުނު ބައެއް ބެނާތަކާއި ލިޔުންތައް ވެސް އަތުލާފައެވެ.
ގޮޓާބަޔަ ރޭ މެންދަމު ރާއްޖެ ވަޑައިގަންނަވާފައިވާއިރު އޭނާ ހުންނެވީ ރާއްޖޭގެ ރިސޯޓެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އިދާރާތަކުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު