ލަންކާ ރައްޔިތުންނަށް ފިއްލަވައިގެން އެ ޤައުމުގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ރާއްޖެ ވަޑައިގަތުމުން ރާއްޖެއިން ހިމާޔަތްދިން މައްސަލަ މަޖިލީހަށް ހުށަހަޅަން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.
މިލިޓަރީ އެއަރކްރާފްޓެއްގައި ގޮޓާބަޔާ ރާޖަޕަކްސަ ރާއްޖެ ވަޑައިގަންނަވާފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ. އަދި އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބޮޑު ދައުރެއް އޮތްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރައްވައެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީން ބުނީ ސްރީލަންކާގެ ރައީސަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖިލީހަށް ހުށަހަޅަން އެމްއެންޕީގެ ޕާލިމެންޓް ގުރޫޕުން ނިންމާފައިވާކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.
ފިއްލަވައިގެން ލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ރާއްޖެ ވަޑައިގަތުމުން ގިނަ ބަޔަކު ދަނީ ދިވެހި ސަރުކާރަށް ފާޑު ކިޔަމުންނެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް މިކަމާއި ގުޅޭގޮތު އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
ގޮޓާބަޔާ ރާޖަޕަކްސައަށް ރާއްޖެއިން ހިމާޔަތްދެއްވިއިރު ލަންކާގެ ވަރުގަދަ ރާޖަޕަކްސަގެ އާއިލާއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ހުރިހާ އިސް ލީޑަރުންނާއެކުވެސް ގާތް ގުޅުމެއް ބާއްވަމުންދިޔަ އާއިލާއެކެވެ. ހާއްސަކޮށް މަހިންދަ ރާޖަޕަކްސައަކީ ރާއްޖެއާ ވަރަށް ގާތް ބޭފުޅެކެވެ. އެހެންކަމުން އެ ބޭފުޅުން ރާއްޖެއިން ހިމާޔަތަށް އެދުމުން އެކަމަށް ދިވެހި ސަރުކާރުން ނޫނެކޭ ބުނުމަކީ ވަަރަށް ދުރު ކަމެކެވެ. އަނެއްކޮޅުން ދިވެހި ސަރުކާރުން ކުރިމަތިކުރުވާ ކަންކަމާއި ގުޅިގެން ރާއްޖޭގެ ސިޔާސީ ލީޑަރުންވެސް ހިމާޔަތް ގިނައިން ހޯއްދަވަނީ ލަންކާއިންނެވެ. އެގޮތުން މިހާރު ވެރިކަމުގައި ތިބި އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ފެށިގެން އައީވެސް ލަންކާގެ ވެރިރަށުންނެވެ.

ސްރީލަންކާގެ ރައީސްއަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖުލީހަށް ހުށަހަޅަން އެމްއެންޕީގެ ޕާލިމެންޓް ގުރޫޕުން ވަނީ ނިންމާފަ.
— Maldives National Party (@MNP_Secretariat) July 13, 2022
ފިއްލަވައިގެން ލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ރާއްޖެ ވަޑައިގަތުމުން ގިނަ ބަޔަކު ދަނީ ދިވެހި ސަރުކާރަށް ފާޑު ކިޔަމުންނެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް މިކަމާއި ގުޅޭގޮތު އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
ގޮޓާބަޔާ ރާޖަޕަކްސައަށް ރާއްޖެއިން ހިމާޔަތްދެއްވިއިރު ލަންކާގެ ވަރުގަދަ ރާޖަޕަކްސަގެ އާއިލާއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ހުރިހާ އިސް ލީޑަރުންނާއެކުވެސް ގާތް ގުޅުމެއް ބާއްވަމުންދިޔަ އާއިލާއެކެވެ. ހާއްސަކޮށް މަހިންދަ ރާޖަޕަކްސައަކީ ރާއްޖެއާ ވަރަށް ގާތް ބޭފުޅެކެވެ. އެހެންކަމުން އެ ބޭފުޅުން ރާއްޖެއިން ހިމާޔަތަށް އެދުމުން އެކަމަށް ދިވެހި ސަރުކާރުން ނޫނެކޭ ބުނުމަކީ ވަަރަށް ދުރު ކަމެކެވެ. އަނެއްކޮޅުން ދިވެހި ސަރުކާރުން ކުރިމަތިކުރުވާ ކަންކަމާއި ގުޅިގެން ރާއްޖޭގެ ސިޔާސީ ލީޑަރުންވެސް ހިމާޔަތް ގިނައިން ހޯއްދަވަނީ ލަންކާއިންނެވެ. އެގޮތުން މިހާރު ވެރިކަމުގައި ތިބި އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ފެށިގެން އައީވެސް ލަންކާގެ ވެރިރަށުންނެވެ.
ކިޔުންތެރިންގެ ހިޔާލު