ވަޒީފާ ދޭ ފަރާތުން މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ދިނުމާއި ގުޅޭ އުސޫލުތަކަށް އަމަލުނުކުރާނަމަ އެކަން، ކަމާއި ބެހޭ ފަރާތްތަކަށް އެންގުމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް އިލްތިމާސް ކުރަށްވައިފިއެވެ.
އިކޮނޮމިކް މިނިސްޓަރ މިގޮތަށް އިލްތިމާސް ކުރައްވާފައި މި ވަނީ ރާއްޖޭގައި މިދިޔަ އަހަރު ތައާރަފް ކުރި މިނިމަމް ވޭޖުގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަމުން ނުދާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރަމުންދާތީ އެކަމާ ބެހޭ ގޮތުން "ރަސް އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުނެނެވެ.
ރަސް އޮންލައިނާ ވާޙަކަދެއްކި ބައެއް ފަރާތްތަކުން ބުނީ މިނިމަމް ވޭޖް ދިނުމުގެ އުސޫލުގައި ކުދި ވިޔަފާރިތައް އިސްތިސްނާކޮށްފައި އޮތުމުން، ކޮންމެ ވިޔަފާރިއަކުންވެސް މިހާރު އަމަލުކުރަމުން ދަނީ ކުޑަ ވިޔަފާރިއެއްގެ ގޮތުގައިކަމަށެވެ. އަދި މިއީ މިނިމަމް ވޭޖު ނުދިނުމަށް އޮޅުވާލަން ކުރާ މަސައްކަތެއްކަމަށްވެސް އެ ފަރާތްތަކުން ތުހުމަތުކުރިއެވެ.
"މިހާރު މިވާ ގޮތަކީ މިނިމަމް ވޭޖުގައި އެބުނާ ގިންތިއަށް ފެތެނީ ރިސޯޓް ތަކާއި ސިވިލް ސާވިސްއާއި ރާއްޖޭގެ މަޝްހޫރު ބޮޑެތި ވިޔަފާރިތައް އެކަނި. ދެން މިހާރު މިހުރީ ހުސް ކަންމަތީ ފިހާރަ. މާޓް ތަކާއި ބޮޑެތި ފޮތި ފިހާރަތަކާއި އަގުބޮޑެތި ސާމާނު ވިއްކާ ބޮޑެތި ފިހާރަތައް ވެސް މިހާރު މިވީ ކަންމަތީ ފިހާރައަށް." މަޖީދީމަގުގައި އަންނައުނު ވިއްކާ މަޝްހޫރު ފިހާރައެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ނުޖަހަން ޝަރުތުކޮށް ރަސް އޮންލައިނާއި ވާހަކަ ދައްކަމުން ބުންޏެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިފަދަ ޝަކުވާއެއް މިހާތަނަށް ރަސްމީކޮށް ލިިބިވަޑައިގެންފައި ނުވާކަމަށެވެ. ނަމަވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް އޮތް ނަމަ ޕެންޝަން ރަޖިސްޓްރީ އަދި އެކްސްޕަޓް ރަޖިސްްޓްރީން ފޯމިއުލާއަށް ބަލާފައި އެއީ ކޮން ގިންތިއަކަށް ފެތޭ ވިޔަފާރިއެއްކަން ދެނެގަނެވޭނެ ކަމަށެވެ. އެހެންކަމުން ވަޒީފާ ދޭ ފަރާތުން މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ދިނުމާއި ގުޅޭ އުސޫލުތަކަށް އަމަލުނުކުރާނަމަ އެކަން ކަމާއި ބެހޭ ފަރާތްތަކަށް އެންގުމަށް އިކޮނޮމިކް މިނިސްޓަރ ވަނީ އިލްތިމާސްކުރަށްވާފައެވެ.
ރާއްޖޭގައި މިނިމަމް ވޭޖް ތައާރަފްކުރިއިރު އެންމެ ކުދި ފަންތީގެ ވިޔަފާރިތައް އެކަމުން އޮތީ އިސްތިސްނާކޮށްފައެވެ. އެހެންކަމުން އެންމެ ކުދި ފަންތީގެ ވިޔަފާރިތަކުން މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ ޢަދަދަށް ފައިސާ ދޭކަށް ނުޖެހޭނެއެވެ.
ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުގައިވާ ގޮތުން އެންމެ ކުދި ފަންތީގެ ވިޔަފާރިއެއް ނުވަތަ މައިކްރޯ އެންޓަޕްރައިޒް ގޮތުގައި ބަލާނީ، އެ ވިޔަފާރީގެ ޖުމްލަ އާމްދަނީ އަހަރެއްގެ މައްޗަށް 500000 އަށްވުރެ މަތި ނުވާ އަދި ސާފު ފައިދާ 75000 ރުފިޔާއަށް ވުރެ މަތި ނުވާ ވިޔަފާރި ތަކަށެވެ.
މިނިމަމް ވޭޖް އެންމެ ދަށްކޮށް ދޭން ޖެހޭނީ މަހެއްގެ މައްޗަށް 4500 ރުފިޔާކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މިއީ އެންމެ ކުދި ފަންތީގެ ވިޔަފާރިތައް ފިޔަވައި ދެން ހުރި ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ ވިޔަފާރި ތަކުން ދޭން ޖެހޭ މިންވަރެވެ. އަދި މިއީ ކުދި ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެ މައްޗަށް ދޭންޖެހޭނެ މިންވަރެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ބުނާގޮތުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސިވިލް ސަރވިސް ފިޔަަވައި ދެން ތިބި ފަރާތްތަކުން މިނިމަމް ވޭޖް ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުން ސަލާމަތްވާން ގިނަ ކަންތައްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އެ ވިޔަފާރިއަކީ ކުޑަ ވިޔަފާރިއަކަށް ދެއްކުމަށް މަސައްކަތްކުރާކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު