އަހުމަދު މަސްނޫމް   13 ޖުލައި 2022 - 10:17
އިންޑިއާގެ ޖެއިން ޔުނިވަރސިޓީން ރާއްޖެއަށް 25 ސްކޮލަރޝިޕްގެ ފުރުޞަތު ފަހިކޮށްދީފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ވަނީ ޖެއިން ޔުނިވަރސިޓީން ހަމަޖައްސައިދޭ 25 ސްކޮލަރޝިޕްގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ޖެއިން ޔުނިވަރސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗާންސެލަރ ޑރ.ޗެންރާޖް ރޮއިޖަންދްއެވެ.

މި އެއްބަސްވުމުގެ ދަށުން އިންޖިނިއަރިންގެ ދާއިރާއިން އަންޑަރ ގްރެޖުއޭޓްގެ 25 ސްކޮލަރޝިޕް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއީ 5 އަހަރުގެ ދުވަހުގެ އެއްބަސްވުމެއްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.



އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުގައި ހަޔަރަ އެޑިއުކޭޝަން މިނިސްޓަރ ވަނީ އިންޑިއާގެ ކަރްނާޓަކާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އަޝްވަތް ނާރާޔަންއާ ބައްދަލުކުރައްވާއެވެ. އަދި އެ ސިޓީގައި ސިކްލިސް ޑިވެލޮޕްމަންޓް ދާއިރާއިން ދިވެހި ދަރިވަރުންނަށް ހުރި ފުރުޞަތުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އިންޑިއާގެ ޔުނިވަރސިޓީއަކުން ރާއްޖެއަށް ސްކޮލަރޝިޕްގެ ފުރުސަތުތަކެއް ފަހިކޮށްދީފައިވާއިރު، ސަރުކާރުން ގެންދަނީ ރާއްޖޭގެ ދަރިވަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މަތީ ތައުލީމުގެ ފުރުޞަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު