ސްރީ ލަންކާގެ ރައީސް ގޮޓާބަަޔަ ރާޖަޕްކަސް ރޭ މެންދަމު ރާއްޖެ ވަޑައިގަތުމުގެ ދަތުރު ހަމަޖައްސައިދިނީ ގާނޫނުއަސާސީގައި ރައީސަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ގާނޫނާ އެއްގޮތަށް ކަމަށް ލަންކާގެ އެއާފޯހުން ހާމަކޮށްފިއެވެ.

ލަންކާ އެއާފޯހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދައާއެކު އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަމާ ގުޅުން ހުރި ހުރިހާ އިދާރާއެއްގެ ހުއްދަ ލިބިގެން، ކަޓުނަޔަކަ އެއާޕޯޓްގެ އުސޫލުތަކާ އެއްގޮތަށް ހުރިހާ ކަމެއް ހަމަޖެހިގެން ކުރެއްވި ދަތުރެއް ކަމަށެވެ. ލަންކާގެ ކަޓުނަޔަކަ އެއާޕޯޓުން ރައީސް ގޮޓަބަޔަ ވަޑައިގަތީ އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާ އެކުގައި ކަމަށް އެއާ ފޯހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.



ބީބީސީން ރިޕޯޓްކޮށްފަައިވާ ގޮތުގައި ގޮޓާބަޔަ ދަތުރުކުރެއްވި އަސްކަރީ މަތިންދާބޯޓް ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މެންދަމުން އަލިވެ 3:05 ގައެވެ. އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އޭއެފްޕީން ބުނީ ގޮޓާބަޔަ ރާއްޖެއަށް ވަޑައިގަތުމާ އެކު، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު އެމަނިކުފާނު އެއާޕޯޓުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ. ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން، ބޯޓު ޖެއްސުމުގެ ހުއްދަ އެންމެ ފުރަތަމަ ދީފައެއް ނުވެއެވެ. އެހެން ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ކަމުގެ ތެރެއަށް ވަންނަވައިގެން ހުއްދަ ލިބުނީ ކަމަށް ސީއެންއެންގައި ރިޕޯޓްކޮށްފައި ވެއެވެ. އެފަދަ މަންޒަރުތައް ފެންނަ ވިޑިއޯ ފްޓޭޖްތަކެއް މީސް މީޑިއާގައި ވެސް އަންނަނީ ދައުރުވަމުންނެވެ.

ސްރީލަންކާގެ ރައީސް މިއަދު މަގާމުން އިސްތިއުފާ ދެއްވާނެކަން ވަނީ ހާމަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު