ބޮޑީބިލްޑިންގެ ނަމުގައި ރާއްޖޭގައި ބާއްވާ އިވެންޓް ބޭއްވުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށް ވިދާޅުވެ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިހް ޝަފީއު ކުރެއްވި ޓުވީޓާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ ސުވާލެއް އޭނާއަށާއި ދީނީ ޢިލްމްވެރިންނަށް އަމާޒު ކުރައްވައިފިއެވެ.

ރާއްޖޭގައި ބޮޑީބިލްޑިން ބޭއްވުމާއި ދެކޮޅަށް ދީނީ ބައެއް ޢިލްމުވެރިން ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. އަދި މިފަހަރު މީހުން ދިރިއުޅޭ ރަށެއްގައި މިކަން ކުރުމަކީ ވަރަށް ދެރަ ކަމެއްކަމަށް ވިދާޅުވެ އިލްމުވެރިން ދަނީ ފަޑުވިދާޅުވަމުންނެވެ.

ޝައިޚު ޝަފީޢުގެ ވާހަތަކާއި ގުޅިގެން އާލީ އާޒިމް ވަނީ ރާއްޖޭގައި ކުޅޭ ކުޅިވަރުތަކާއި، ކުރާ މަޖަލަކީ މުޅިން ހަރާން ކަންތައްތޯ ސުވާލު ކުރައްވާފައެވެ.

"ފުރަތަމަ ގޯސްކަމަށް ވާހަކަ ދެއްކީ ލަވަޔާއި، މިޔުޒިކު، އެއަށްފަހު ޔޯގާއާއި، އެނޫންވެސް ކުޅިވަރު." އާޒިމް ވިދާޅުވިއެވެ.

އަދި މިހާރު ބޮޑީ ބިލްޑިން މުބާރާތަށް ފާޑުކިޔާއިރު، ކުރިއަށް އޮތްތަނުގައި ފުޓުބޯޅަވެސް މިލިސްޓުގައި ހިމެނިދާނެ ކަމާއިމެދު އާޒިމް ވަނީ ސުވާލު އުފައްދަވާފައެވެ.

ބޮޑީ ބިލްޑިން މުބާރާތާ ގުޅިގެން ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ކުރަށްވާފައިވާ ޓްވީޓަކާއި ގުޅިގެން ޑރ. އިޔާޒް ވަނީ ގައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާހިޝް އަމަލުތައް އާއްމުވެފައިވާ ވަގުތެއްގައި އަނެއްކާވެސް އެފަދަ ކަންކަމަށް ހިތްވަރުލިބޭގޮތަށް ދެޖިންސުގެ މީހުން ވަނާތައް ފާޅުކޮށް އިތުރު ގެއްލުން ގައުމާއި ރައްޔިތުންނަށް ލިބޭފަދަ ކަންތައް ނުކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު