އިބްރާހިމް ފަހީމް   12 ޖުލައި 2022 - 16:55
މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެއެވެ.

ފުލުހުން ދެންމެ ބުނީ، މާލެއިން ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ މިހާރު ފެނިފައިވާކަމަށެވެ. އަދި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި، ކުއްޖާ ގެއްލުނު މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ވިނުވީއެއް ނޭގި ގެއްލިފައިވާ އްޑޫ ސިޓީ ފޭދޫ އަށް އުފަން 17 އަހަރުގެ އާމިނަތު ޒާރާ ރިޔާޒް ގެއްލިގެން ހޯދަމުންދާކަން ފުލުހުން ބުނީ މިއަދުއެވެ. އޭނާ މިއަދު ފެނިފައި ވީނަމަވެސް، އޭނާ ފެނުނީ ކިހިނެއް ކަމާއި ގެއްލެން ދިމާވި ގޮތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު