އިގުތިސާދީ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ދަށްވަމުންދާއިރު ވެސް މަސް ދުވަހެއްގެ ތެރޭގައި ބަންދު ދުވަސްތައް ހިމެނޭ މިންވަރު އިތުރުކޮށް ގައުމުގެ މަސައްކަތްތައް ހުއްޓިފައި އޮންނާތީ، އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ކަންބޮޑުވުން ފާޅުކުރަށްވައި ފާޑުވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ވިދާޅުވީ، ރާއްޖެ މިވަގުތު މި އޮތީ ތަދުމަޑުކަމެއްގައި ކަމަށާއި، ނަމަވެސް، މި ހިނގާ ޖުލައި މަހުވެސް މަސައްކަތް ކުރަން އޮތީ 11 ދުވަސް ކަމަށެވެ. އަދި އެގޮތަށް އެއް މަހެއްގެ ތެރޭގައި ގިނަ ބަންދު ދުވަސްތަކެއް ހިމަނައި ސަރުކާރު ބަންދުކުރުމަށްފަހު ދެން އިއުލާނު ކުރަނީ ޓެކްސް ނަގާ ވާހަކަ ކަމަށާއި، ބަންދު ދުވަސްތަކެއް ހަމަޖެއްސިޔަސް މުޅި މަހަށް ހިނގާ ހަރަދު ހިނގާނެކަން ޝަރީފް ފާހަގަ ކުރަށްވާފައި ވެއެވެ. އަދި ގައުމު ބަންދުކޮށް މިގޮތަށް މަސައްކަތްތައް ހުއްޓާލާފައި އޮތުމުން އާމްދަނީ އިތުރު ކުރާނީ ކިހިނެއްތޯއޭ ވިދާޅުވެ ޝަރީފް ވަނީ ސުވާލު އުފައްދަވާފައެވެ.
"ބަންދު ކޮންމެ ދުވަހެއްގެ ދެކޮޅަށް ބަންދު ދުވަސް އިތުރުކޮށް، މަސައްކަތް ކުރާ ވަގުތުގެ ފެށުމާ ނިންމާ ގަޑިއާ ދެމެދަށް، ކޮފީ، ލަންޗު ބުރޭކް، އާދީއްތައިގައި ގުޅާލުމުން ބުރާސްފަތީގައި ގުޅާލަން އަންގައި، ބުރާސްފަތީގައި ގުޅާލުމުން ނެކްސްޓް ވީކުގައި ގުޅާލާ، ނެކްސްޓް ވީކުގައި ގުޅާއިރު ޗުއްޓީގައި." ސަރުކާރުގެ އޮފީސްތަކުން ހިދުމަތް ހޯދުމުގައި ހުރި ދަތިތައް ފާހަގަ ކުރަށްވައި ޝަރީފް ވިދާޅުވެފައި ވެއެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، މި ހިނގާ ޖުލައި މަހަކީ މިފަހަރު ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ވެސް ދިމާވާ ދުވަސް ވަރެވެ. ނަމަވެސް، އީދު ޗުއްޓީއާއި މިނިވަން ދުވަހާއި ގުޅުވައިގެން ލިބޭ ޗުއްޓީ ދުވަސްތަކާއި ހަފްތާ ބަންދާއިއެކު ޖުމުލަ 19 ދުވަސް ޗުއްޓީގެ ގޮތުގައި ސަރުކާރު އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިމަހު ލިބެއެވެ. މިގޮތަށް މަހެއްގެ ތެރޭގައި ޗުއްޓީ ދުވަސްތައް މިހާ ގިނަވުމުން ސަރުކާރުގެ ތެރެއިން ކުރަންޖެހޭ ކަންކަން ނުކުރެވޭތީ ބައެއް އަންނަނީ ޝަކުވާ ކުރަމުންނެވެ.

ޖުލައި މަހު މަސައްކަތް ކުރުމަށް 11 ދުވަސް، ތަދުމަޑުކަމެއްގައި ދިވެހިރާއްޖެ މިއޮތީ، މިގޮތަށް ސަރުކާރުން ބަންދު ދުވަސްތަށް ކަނޑައަޅާ ދެން އިއުލާން ކުރަނީ ޓެކުސް އިތުރަށް ނަގާވާހަކަ،ހަމަ ގައިމުވެސް ހަރަދު ހިނގާނެ މުޅިމަހަށް، އެކަމަކު މަސައްކަތް ނުކޮށް ކިހިނެތް އާމްދަނީ އިތުރުކުރާނީ؟ pic.twitter.com/LP9RbsIsA8
— Ahmed Shareef (@shar_f) July 12, 2022
ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، މި ހިނގާ ޖުލައި މަހަކީ މިފަހަރު ސްކޫލްތަކުގެ ބޮޑު ޗުއްޓީއާ ވެސް ދިމާވާ ދުވަސް ވަރެވެ. ނަމަވެސް، އީދު ޗުއްޓީއާއި މިނިވަން ދުވަހާއި ގުޅުވައިގެން ލިބޭ ޗުއްޓީ ދުވަސްތަކާއި ހަފްތާ ބަންދާއިއެކު ޖުމުލަ 19 ދުވަސް ޗުއްޓީގެ ގޮތުގައި ސަރުކާރު އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިމަހު ލިބެއެވެ. މިގޮތަށް މަހެއްގެ ތެރޭގައި ޗުއްޓީ ދުވަސްތައް މިހާ ގިނަވުމުން ސަރުކާރުގެ ތެރެއިން ކުރަންޖެހޭ ކަންކަން ނުކުރެވޭތީ ބައެއް އަންނަނީ ޝަކުވާ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު