7 ބިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮތް ދުނިޔޭގައި ކުޑަ ތަފާތަކުން ގިނައީ ފިރިހެނުންކަމަށް އދ އިން ހާމަކޮށްފިއެވެ.
އދއިން މިކަން ހާމަކޮށްފައި ވަނީ މިއަދު ފާހަގަކުރަމުންދާ ވޯލްޑް ޕޮޕިއުލޭޝަން ޑޭ ނުވަތަ ދުނިޔޭގެ އާބާދީގެ ދުވަހާއި ގުޅުވައިގެން ނެރުނު ރިޕޯޓެއްގައެވެ.
އދގެ ރިޕޯޓްގައި ބުނީ މިއަހަރުގެ ނޮވެންބަރުމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ދާއިރު ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރާނެކަމަށެވެ. އަދި 2030 ވަނަ އަހަރު 8.5 ބިލިއަނަށް ދުނިޔޭގެ އާބާދީ އަރާއިރު، 2050 ވަނަ އަހަރު 9.7 ބިލިއަން އަދި 2080ގައި 10.4 ބިލިއަނަށް ދުނިޔޭގެ އާބާދީ އިތުރުވާނެކަމަށް ރިޕޯޓްގައިވެއެވެ.
ރިޕޯޓްގައިވާ ގޮތުން އާބާދީއަށް އަންނަ އިތުރުވުމުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާނީ 8 ގައުމަކުންނެވެ. އެއީ ކޮންގޯ، މިސްރު، އިތިއޯޕިއާ ، އިންޑިއާ ،ނައިޖީރިޔާ، ޕާކިސްތާން، ފިލިޕީންސް އަދި ޓެންޒޭނިއާއެވެ.
އަންނަ ނޮވެމްބަރުގައި ދުނިޔޭގެ އާބާދީ 8 ބިލިއަނަށް އަރާއިރު މިހާރު ދުނިޔޭގެ އާބާދީ އަކީ 7.942 ބިލިއަން ކަމަށް ރިޕޯޓްގައިވެއެވެ.
ދުނިޔޭގެ އާބާދީގައި އަންހެނުންނާއި ފިރިހެނުން ހިއްސާ ކުރާ އަދަދުތަކަށް ބަލާއިރު، އދގެ ރިޕޯޓްގައި ބުނާގޮތުން ދުނިޔޭގެ އާބާދީގެ 50.3 އިންސައްތައަކީ ފިރިހެނުންނެވެ. އަދި އާބާދީގެ 49.7 އިންސައްތައަކީ އަންހެނުންނެވެ. ނަމަވެސް 2050 ވަނަ އަހަރާއި ހަމައަށްދާއިރު އަންހެނުންނާއި ފިރިހެނުންގެ އާބާދީ އެއްވަރުވާނެކަމަށް އދއިން ލަފާކުރެއެވެ.
އދގެ ރިޕޯޓްގައިވާ ގޮތުން 1.426 ބިލިއަންގެ އާބާދީއަކާއެކު އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި އޮތް ޗައިނާ ފަހަތަށް ޖައްސާލުމަށްފަހު 1.412 ބިލިއަންގެ އާބާދީއެއް އޮތް އިންޑިއާ އަންނަ އަހަރު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށް ވާނެއެވެ.
ޗައިނާއާއި އިންޑިއާއަށްފަހު އެންމެ ބޮޑު އާބާދީކަމަށްވާ އެމެރިކާ އެ މަގާމުގައި 2050 ވަނަ އަހަރާއި ހަމައަށް ދާންދެން އޮންނާނެކަމަށް ރިޕޯޓްގައިވެއެވެ. 4 ވަނަ ނައިޖީރިއާއަށް ލިބޭއިރު އޭގެފަހަތުން އުޅެނީ ޕާކިސްތާނު، އިންޑޮނޭޝިޔާ، ބްރެޒިލް، ކޮންގޯ، އިތިއޯޕިއާ އަދި ބަންގްލަދޭޝްއެވެ.
މިރިޕޯޓްގައިވާ ގޮތުން 2050 ވަނަ އަހަރާއި ހަމައަށް ދާއިރު މިވަގުތު އެންމެ އާބާދީ ބޮޑު 10 ގައުމުގެ ތެރޭގައި ހިމެނޭ މެކްސިކޯ އާއި ރަޝިޔާ އެ ލިސްޓުން އުނިވާނެއެވެ. އަދި 2050 ވަނަ އަހަރާއި ހަމައަށް ދާއިރު 61 ގައުމު ނުވަތަ ސަރަހައްދެއްގައި 1 އިންސައްތައިން އާބާދީ ދަށަށްދާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ. މީގެތެރެއިން ބަލްގޭރިއާ، ލެޓްވިއާ، ލިތުއޭނިއާ، ސާބިއާ އަދި ޔޫކްރެއިންގެ އާބާދީ 20 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑަށް މަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު