ރާއްޖޭގެ އާބާދީ އިތުރު ކުރަން ފަށަން ޖެހޭކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެ އެވެ.

އަމްރު މިހެން ވިދާޅުވީ ދުނިޔޭގެ އާއިލާތަކުގެ ދުވަހުގެ މުނާސަތުގައި އާރުޑީސީ އިން ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުންނެވެެ. މި އަހަރުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ރަނގަޅު މުސްތަގްބަލަކަށްޓަކައި އާއިލާ ރާވާ ފައިދާހުރި ގޮތެއްގައި ކޮންޓްރޯލް ކުރުމަށް ވައުދުވަމާ ހިނގާށެވެ،" މި ޝިއާރެވެ.

އެކަމާ ގުޅިގެން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު ވިދާޅުވީ ރާއްޖޭގެ އާބާދީ އިތުުރުވުން ކޮންޓްރޯލް ކުރުމުގެ ވިސްނުމަކީ ގޯސް ވިސްނުމެއް ކަމަށެވެ. އަދި އުމުުރުން ދުވަސްވީ އާބާދީ ނިމުމުގެ ކުރީން އާބާދީ އިތުރު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.



އަމްރު ވަނީ މިދިޔަ ޖޫން މަހު 300 ކުދީންވެސް އުފަން ނުވާކަން ފާހަގަކުރަށްވާފައެވެ. އެ މަހު އުފަންވީ ކަމަށް ރެކޯޑް ކުރެވިފައިވަނީ 241 ކުދީންނެވެ. އަމްރު މި ތަފާސް ހިސާބުތައް ހޯއްދަވާފައިވަނީ އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯއިން ދޭ ހަދިޔާ ދިން މިންވަރަށް ބަލައިގެންނެވެ. އަމްރު ވިދާޅުވީ ދެކުުނުގައި ކުދީން އުފަންވީ ނިސްބަތް އަދި މާ މަދު ކަމަށެވެ.

އެގޮތުން އައިޖީއެމްޗްގައި އުފަންވި 71 ކުއްޖަކަ ކަށާއި ހުޅުމާލެ ހޮސްޕިޓަލްގައި އުފަންވި 15 ކުއްޖަކަށާއި ޓްރީޓޮޕްގައި އުފަންވި 50 ކުއްޖަކަށާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އުފަންވި 37 ކުއްޖަކަށާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އުފަންވި 18 ކުއްޖަކަށާއި ގަމު ރީޖަނަލް ހޮސްޕިޓަލްގައި އުފަންވި 16 ކުއްޖަކަށާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އުފަންވި ނުވަ ކުއްޖަކާއި ފުވައްމުލަކު ހޮސްޕިޓަލްގައި އުފަންވި ހަތް ކުއްޖަކަށާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އުފަންވި 18 ކުއްޖަކަށް ހަދިޔާ ދީފައިވާކަން އެސްޓީއޯއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު