އަޟްހާ އީދު ބަންދާ ދިމާކޮށް މާލެއާއި ހުޅުމާލޭގައި ފޭރުމުގެ މައްސަލަތަށް އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެެ.

ދައުލަތުގެ މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޚަލީލް ވިދާޅުވީ، މިދިޔަ ޖޫން މަހާއި ޖުލައި މަހަށް ބަލާއިރު ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަަގަނުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް އީދު ބަންދާއި ދިމާކޮށް މާލެއާއި ހުޅުމާލޭގައި ހެނދުނު 7 ކާއި 9 އަކާއި ދެމެދު ހުށައެޅުނު ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި ރޭގަނޑު 6 ކާއި 8 ކާއި ދޭތެރޭގައި މަގުމަތީގައި މީހުން ހަރަކާތްތެރިވާ ވަގުތު މަދު ކަމަށާއި އެވަގުތުތަކަށް ފޭރޭ މީހުން ބަލާ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ ފޭރޭ މީހުން މަސައްކަތް ކުރަނީ ޓީމެއްގެ ގޮތުގައި ކަމަށާއި، އާންމުކޮށް ފޭރެނީ މަގުމަތިން މީހުން މަދުވާ ވަގުތުތަކުގައި ކަމަށެވެ. އެގޮތުން އާންމުކޮށް ފޭރެނީ 3 މީހުން ނުވަތަ 4 މީހުންގެ ގުރޫޕުތަކުން މީހުންގެ މޫވްމަންޓްތައް ރަނގަޅަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

"ފޭރޭ އެބަ، ވިސްނާ ފަސޭހައިން ފޭރިގަނެވޭނެ އެއްޗެހި، އަދި ޖަހައިގަނެގެން ގެންދެވޭނެ ވަގުތުތަކެއް އެމީހުން ބަލާ، އެފުރުސަތުތައް ބަލާ ވަރަށް ގިނަ ފަހަރު އަޅުގަނޑުމެންނަށް ފަހަތު ޖީބަށް ފޯނު ލައިގެން ފެންނަ ގޮތަށް އެބަ ބެހެއްޓޭ، އަތް ދަބަސްވެސް ކަނާތު ކޮނޑުގައި އަޅުވާފައި އެބަ ބަހައްޓާ ސައިކަލުގައި ދާއިރު. އެ އެއްޗެއް ޖަހައިގަނެގެން ފަސޭހައިން ދެވޭނެ ގޮތްތައް އެބަ ހޯދާ ހަަމަ މީހަކު ފެންނައިރަށް ފޭރެނީކީ ނޫން." ޚަލީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު