ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުން ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފިއެވެ.
ރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަމަށް، ސައުދީ އަރަބިއްޔާއަށް ދިޔައީ 453 ހައްޖުވެރިންނެވެ. އަދި ރާއްޖެއިން މިފަހަރު ޙައްޖަށް ދިޔަ 453 ދިވެހިން އައްޔާމުންތަސްރީޤުގެ ފުރަތަމަ ދުވަހު ތިން ޖަމުރާއަށް ހިލައުކުމަށްފަހު މިވަގުތު މައްކާގެ ދިވެހިންނަށް ޚާއްސަކޮށްފައިވާ ހޮޓަލަށް ގޮސްފައިވާކަމަށް ހައްޖު މިޝަނުން މައުލޫމާތުދެއެވެ.
ހައްޖު މިޝަނުން ބުނީ ޙައްޖުގެ އަޅުކަމަށްފަހު ދިވެހިން ރާއްޖެ އަންނަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން މިމަހުގެ 20 ވަނަ ދުވަހާއި 23 އަދި 27 ވަނަ ދުވަހު ޙައްޖުވެރިން ރާއްޖެ އަންނާނެއެވެ. މިހުރިހާ ދިވެހިންވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސަޢުދީ އެއަރލައިނުންނެވެ.
ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންވެސް ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރައްވަމުންނެވެ. ހައްޖު މިޝަނުން ބުނީ ހައްޖަށް ގޮސް ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅުކަމަށެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ގޮސް ތިބި ދިވެހި ޙައްޖުވެރިންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ވަނީ ބައްދަލުކުރައްވާ، ޙާލު އޮޅުންފިލުއްވާފައެވެ.
ދިވެހި ޙައްޖާޖީންގެ ހާލު ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކު ޙައްޖަށް ވަޑައިގެން، ދިވެހި ޙައްޖުވެރިންގެ ހާލު ބެއްލެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޙައްޖުވެރިން މިހާރު ވަނީ މައްކާ ހޮޓަލަށް އެނބުރި އައިސްފަ pic.twitter.com/Xy8UH54afa
— Maldives Hajj Corporation Limited (@Hajjcorporation) July 11, 2022
ހައްޖު މިޝަނުން ބުނީ ޙައްޖުގެ އަޅުކަމަށްފަހު ދިވެހިން ރާއްޖެ އަންނަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. މިގޮތުން މިމަހުގެ 20 ވަނަ ދުވަހާއި 23 އަދި 27 ވަނަ ދުވަހު ޙައްޖުވެރިން ރާއްޖެ އަންނާނެއެވެ. މިހުރިހާ ދިވެހިންވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސަޢުދީ އެއަރލައިނުންނެވެ.
ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުންވެސް ސަރުކާރުން އަންނަނީ މަސައްކަތްތައް ކުރައްވަމުންނެވެ. ހައްޖު މިޝަނުން ބުނީ ހައްޖަށް ގޮސް ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅުކަމަށެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް ގޮސް ތިބި ދިވެހި ޙައްޖުވެރިންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ވަނީ ބައްދަލުކުރައްވާ، ޙާލު އޮޅުންފިލުއްވާފައެވެ.
ދިވެހި ޙައްޖާޖީންގެ ހާލު ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާފައިވާއިރު، މިއީ ފަހުގެ ތާރީޚެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކު ޙައްޖަށް ވަޑައިގެން، ދިވެހި ޙައްޖުވެރިންގެ ހާލު ބެއްލެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު