ސިޔާސީ އަދި އިގްތިސާދީ ކާރިސާއެއްަގައި އޮތް އަވަށްޓެރި ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ޙާލު ރަނގަޅުކަމަށް މިނިސްްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.
ސްރީލަންކާގެ ހާލަތު ގޯސްވެ، ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާއިރު، މިހާރުވެސް ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން އެބަތިއްބެވެ. އަދި ބޭސްފަރުވާ އަށާއި ޗުއްޓީއަށްވެސް ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ދެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ލަންކާގެ ޙާލަތާއި ގުޅިގެން ފޮރިން މިނިސްޓްރީއާއި، ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަރަށް ކައިރިން ކަންކަން ބަލަމުންދާކަމަށެވެ. އަދި ލަންކާގައި މިހާރު ދިމާވެގެން އުޅޭ މައްސަލަ ދިވެހި ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ސާފުވާނެކަމަށް މިނިސްްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ލަންކާގައި މިހާރު ހިނގަމުންދާ ކަންތައްތަކުގެ ތެރޭގައި މިހާތަނަށް އެއްވެސް ދިވެހި ރައްޔިތަކަށް އެއްވެސް ކަމެއް ދިމާވެގެން ރިޕޯޓެއް ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ލަންކާގެ ހާލަތު ގޯސްވެފައިވާއިރު ސްރީލަންކާގެ ރައީސް ގޮތާބަޔަ ރާޖަޕަކްސައާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްތިޢުފާ ދެއްވަން ވަނީ ނިންމަވާފައެވެ. އަދި އެ ބޭފުޅުން އިސްތިއުފާ ނުދެއްވަނީސް، ސަރުކާރާ ދެކޮޅަށް ލަންކާގައި ފަށާފައިވާ މުޒާހަރާތައް ހުއްޓައި ނުލާނެ ކަމަށް އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު