ނ. ހެނބަދޫން ގެއްލިގެން ހޯދަމުން އަންނަ އިބްރާހީމް ރާމިޒް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރާމިޒް ހޯދުމަށް 7،481.699 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ބެލި ބެލުމުން އޭނާ ފެނިފައި ނުވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނިގޮތުގައި ރާމިޒް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދާދިފަހުން ވަނީ އޭނާ ދަތުރުކުރި ކަމަށް ބެލެވޭ ކެނޯ ފެނިފަ އެވެ.

ރާމިޒް އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ކަމަށް އާއިލާގެ މީހުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. އަދި ކެނޯ އެއްގައި އެކަނި ކަނޑުމައްޗަށް ނުކުތީ ކަމަށް ބެލެވޭ ކަމަށް ރާމިޒްގެ އާއިލާ އިން ވަނީ ހާމަކޮށްފައެވެ.

އެހެންވެ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ 9311499 ނަންބަރު މޮބައިލް ފޯނަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު