ރައީސް އިބްރާހިމް މުހައްމަދު ސާލިޙަކީ ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައިގަންނަވާ ހިކުމަތްތެރިވެރިއެެއް ކަމަށް ވިދާޅުވެ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމަށް ރައްދު ދެއްވައިފިއެެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް މިހެން ވިދާޅުވީ ސްރީ ލަންކާގައި މިހާރު އޮތް ހާލަތު ރާއްޖޭގައި އުފެދެމުންދާ ކަމަށާއި ތަންފީޒީ އިދާރާތަކަށް ރައްޔިތުންގެ ބާރު އެނގެން ޖެހޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމިން ދެއްކެވި ވާހަކަފުޅަށް ރައްދު ދެެއްވަމުންނެެވެ. އެކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ރައީސް ސާލިޙު އަވަހާރަފުޅު ލައްޕަވާ އެނދުކޮޅަށް އަރާ ސެލްފީ ނެގުމަކީ ރައްޔިތުންގެ ބާރެެއް ކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވާ ކަމަށެވެ.
ޝަރީފް އެގޮތަށް ވިދާޅުވީ ލަންކާގައި މުޒާހަރާ ކުރާ ފަރާތްތަކުން ހޮނިހިރުދުވަހު ވެރިރަށް ކޮލަމްބޯގައި ހުންނަ ރިޔާސީ ގަނޑުވަރަށް ވަދެ އެތަނުގައި ދިރިއުޅެން ފެށުމާއި ގުޅިގެންނެެވެ. މުޒާހަރާ ކުރާ މީހުން ބުނަނީ ރިޔާސީ ގަނޑުވަރުން ނުކުންނާނީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުން ކަމަށެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ ލަންކާގެ ރައީސް އަވަހާރަފުޅު ލައްޕަވާ އެނދުކޮޅަށް އަރައި ސެލްފީ ނަގައި ހަދާފައެެވެ.
"ރައީސް ސާލިޙަކީ ރައްޔިތުންގެ އިހުސާސްތައް ރަނގަޅަށް ދެނެވަޑައިގެން ވެރިކަން ކުރައްވާ ހިކުމަތްތެރިވެރިއެއް." މީގެ ކުރިން ޕީޕީއެމާއި ރައީސް ޔާމިންގެ އެެންމެ އަރިހުގައި މަސައްކަތް ކުރެއްވި ޝަރީފް ވިދާޅުވިއެެވެ.
ރައީސް ޔާމީން އިނގިރޭސި ބަހުން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ވަރަށް ރަނގަޅަށް ސަމާލުކަން ދީގެން ޓީވީ (ލަންކާގައި ހިނގަމުންދާ ކަންކަން) ބަލަންޖެހޭ ކަމަށެވެ.
އަދި ރާއްޖޭގައި އެ ހާލަތު އުފެދެމުން ބޮޑުވަމުން އަންނަ ކަމަށާއި ބޯހަރުކަން އިސްކުރުމަކުން އުފެދެމުންދާ ހާލަތު ރަނގަޅުނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމިން އިތުރަށް ވިދާޅުވީ، ބޯހަރުކަން އިސްކޮށް ސިޔާސަތުތަކަށް ބަދަލު ނުގެނެސްފި ނަމަ ނުކުންނާނެ ނަތީޖާއަކީ އެންމެން އެކީ ފަގީރުވެ ނިކަމެތިވުން ކަމަށެވެ. އަދި އެމްޑީޕީގެ ހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން އެ ހުވަފެންތައް ފެނަށްވެގެން ހިނގައްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު