ސިޔާސީ މަންފާއަށް ވަކީލުންގެ އަޚުލާގީ މިންގަނޑު ގުރުބާން ކުރުމަކީ ދެރަކަމެއް ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން މިއަދު ވިދާޅުވެއްޖެއެވެ.

ހަމްދާން މިހެން ވިދާޅުވީ ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން ބަންދުކޮށްފައި ތިބި ޖަލަށް އިންޑިއާ އޮފިޝަލުން ވަދެ، އެމީހުންނާއި ހަޑިހުތުރު ބަހުން މުއާމަލާތްކުރިކަމަށް ބުނެ ހައްޔަރުކޮށްފަައިވާ މީހުންގެ ވަކީލުން ވާހަކަދައްކާފައިވާތީ އެކަމަށް އިޝާރަތް ކުރައްވަމުންނެެވެ. ފުލުހުންގެ ޚިދުމަތުން ވަނީ ވަކީލުންގެ ވާހަަކަތަެއ ވެސް ދޮގުކޮށްފައެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހްމަދު ހަމްދާން ވިދާޅުވީ ‏ޤާނޫނީ ވަކީލުން ރައްޔިތުންނަށް އެފަދަ ބޮޑެތި އޮޅުވާލުން އޮޅުވާލުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.





"ސިޔާސީ މަންފާ ހޯދުމަށް ވަކީލުންގެ އެތިކްސް ކޮމްޕްރަމައިޒްކުރުމަކީ ދެރަކަމެއް. އިސްލާމް ދީނަކީ ދެތުވެރިކަމަށް ބާރުއަޅާ ދީނެއް." ހަމްދާން ވިދާޅުވިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކަކު ފުލުހުން ވަނީ ދޫކޮށްލާފައެވެ. ބަންދުގައި ތިބި 20 މީހުންގެ ފަރާތުން ގާނޫނީ ވަކީލުންތަކެއް ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލް އަހުމަދު ރާގިބު ވިދާޅުވީ ހަމަނުޖެހުން ހިންގުމުގެ ތުހުމަތަށް ހައްޔަރުކުރި ބައެއް މީހުން ކަސްޓޯޑިއަލްގައި ތިއްބާ އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުންތަކެއް އެތަނަށް ވަދެފައިވާ ކަމަށެވެ. އަދި އެ މީހުން އެތަނަށް ވަނީ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި އެ މީހުންނަށް ހަމަލާ ދިން މީހުން ތިބިތޯ ޔަގީން ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވަކިވަކި މީހުންނަށް އަތުން އިޝާރާތްކޮށް އެއީ ހަމަނުޖެހުން ހިންގި މީހުންކަން ފުލުހުންނަށް އަންގައިދޭން އޮފިޝަލުން މަސައްކަތް ކުރި ކަމަށް ރާގިބު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ކަސްޓޯޑިއަލްގައި ބައިތިއްބާފައި ވަނިކޮށް އެތަނަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވަތް ކަމަށް ބުނެ ވަކީލުންނާއި ހަވާލާދީ ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށެވެ. މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތަސައްވުރު ކިލަނބުކޮށް ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާއިމެދު ނަފްރަތު އުފައްދާ އިތުބާރު ގެއްލިދާނެ ފަދަ ކަމެއް ކަމަށް ފުލުހުން ބުންޏެވެެ.



ކިޔުންތެރިންގެ ހިޔާލު