ހުޅުމާލެއާއި މާލެއާ ދެމެދު ދުއްވާ ބަސްތަކުން ދުވާލެއްގެ މައްޗަށް 19،000 މީހުން ދަތުރުކުރާ ކަމަށް، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މާލެއިން ހުޅުމާލެ އެކެއް އަދި ދެ ވަނަ ފިޔަވައްސަށް ދަތުރުކުރަން 50 ބަސް ބޭނުންކުރާއިރު އެ ބަސްތަކުން 19،000 މީހުން ކޮންމެ ދުވަހަކު ވެސް ދަތުރުކުރާ ކަމަށެެވެ. ބާރުބޮޑު ވަގުތުތަކުގައި ބަސް އޮންނަނީ ފުލްކޮށް ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުދި ބަސްތައް ގެނެސްފިނަމަ، އެ އެންމެން ގަޑިއަށް ތަންތަނަށް ގެންދަން 200 ބަސް ބޭނުންވާނެ ކަމަށެވެ. އާޒިމް ވަނީ ރަނގަޅީ 50 ބަސް، މަގުތަކުގައި އުޅުންތޯ ނޫނީ 200 ބަސް މަގުމަތީގައި އުޅުންތޯ ސުވާލު ކުރަށްވާފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ހާއްސަކޮށްގެން އެމްޓީސީސީގެ ބަސް ފްލީޓަށް މި ފަހުން އިތުރު 15 ބަސް ގެނެސްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. ޑަބަލް ޑެކްގެ ބަހުގައި އެއްފަހަރާ 80 މީހުން އުފުލޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު