ތަންފީޒީ އިދާރާތަކުން ރަނގަޅަށް ރައްޔިތުންގެ ބާރު ދެނެގަތުމަށް ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ވަރަށް ރަނގަޅަށް ސަމާލުކަން ދީގެން ޓީވީން އެފެންނަ މަންޒަރުތައް ބަލަންޖެހޭ ކަމަށެވެ.
އެމަނިކުފާނުގެ ޓުވީޓްގައި އެ އިޝާރާތްކުރައްވަނީ މިދިޔަ ހޮނިހިރުދުވަހުން ފެށިގެން ލަންކާގައި ހިނގަމުން އަންނަ ކަންކަމަށް ކަމަށް ބެލެވެއެވެ.
ލަންކާގައި މުޒާހަރާ ކުރާ ފަރާތްތަކުން ހޮނިހިރުދުވަހު ވެރިރަށް ކޮލަމްބޯގައި ހުންނަ ރިޔާސީ ގަނޑުވަރަށް ވެސް ވަނީ ވަދެފައެވެ. ފުލުހުންނާއި ސިފައިންގެ އަތުން ކޮންޓްރޯލު ގެއްލި އާންމުން ރިޔާސީ ގަނޑުވަރަށް ވަދެ އެތަން އެމީހުންގެ ބާރުގެ ދަށައް ގެނައުމާއި ގުޅިގެން ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަވަނީ އަންނަ ބުރާސްފަތިދުވަހު ރައީސްކަމުން އިސްތިއުފާދެއްވާނެކަަން ހާމަކުރައްވާފައެވެ.
ރައީސްގެ އިތުރުން މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވަނީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރައްވައި އޭނާވެސް މަޤާމުން އިސްތިއުފާދެއްވާނެ ކަން އިއުލާން ކުރައްވާފައެވެ.
ލަންކާގެ ހާލަތަށް އިޝާރަތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތަކީ އުފެދެމުން ބޮޑުވަމުން އަންނަ ހާލަތެއް ކަމަށެވެ. އަދި ބޯހަރުކަން އިސްކުރުމަކުން އުފެދެމުންދާ ހާލަތު ރަނގަޅުނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޯހަރުކަން އިސްކޮށް ސިޔާސަތުތަކަށް ބަދަލު ނުގެނެސްފިނަމަ ނިކުންނާނެ ނަތީޖާއަކީ ރައްޔިތުން މުޅިން ފަޤީރުވެ ނިކަމެތިވުން ކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ. ޢަދި އެމްޑީޕީގެ ހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން އެ ހުވަފެންތައް ފެނަށްވެގެން ހިނގައްޖެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
ލަންކާ ރައްޔިތުން ސަރުކާރާއި ދެކޮޅަށް ނުކުތީ ތެލާ ކާބޯތަކެއްޗަށް ޖެހި އިގްތިސާދީ ބޮޑު އަނދަވަޅަކަށް އެގައުމު ވެއްޓި ގައުމު ބަނގުރޫޓްވެ ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ ރައްޔިތުންނަށް ދިރިނޫޅެވޭ ހިސާބަށް ދިއުމުންނެވެ.

The Law Enforcement Authorities need to b glued to the telly to comprehend people’s power. Ours is a situation in de making.lntransigence does not better our condition.All pauperised with stiff collection. MDP dream wilts before it buds.
— Abdulla Yameen (@prz_ymn) July 11, 2022
ލަންކާގައި މުޒާހަރާ ކުރާ ފަރާތްތަކުން ހޮނިހިރުދުވަހު ވެރިރަށް ކޮލަމްބޯގައި ހުންނަ ރިޔާސީ ގަނޑުވަރަށް ވެސް ވަނީ ވަދެފައެވެ. ފުލުހުންނާއި ސިފައިންގެ އަތުން ކޮންޓްރޯލު ގެއްލި އާންމުން ރިޔާސީ ގަނޑުވަރަށް ވަދެ އެތަން އެމީހުންގެ ބާރުގެ ދަށައް ގެނައުމާއި ގުޅިގެން ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަވަނީ އަންނަ ބުރާސްފަތިދުވަހު ރައީސްކަމުން އިސްތިއުފާދެއްވާނެކަަން ހާމަކުރައްވާފައެވެ.
ރައީސްގެ އިތުރުން މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވަނީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލުކުރައްވައި އޭނާވެސް މަޤާމުން އިސްތިއުފާދެއްވާނެ ކަން އިއުލާން ކުރައްވާފައެވެ.
ލަންކާގެ ހާލަތަށް އިޝާރަތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތަކީ އުފެދެމުން ބޮޑުވަމުން އަންނަ ހާލަތެއް ކަމަށެވެ. އަދި ބޯހަރުކަން އިސްކުރުމަކުން އުފެދެމުންދާ ހާލަތު ރަނގަޅުނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޯހަރުކަން އިސްކޮށް ސިޔާސަތުތަކަށް ބަދަލު ނުގެނެސްފިނަމަ ނިކުންނާނެ ނަތީޖާއަކީ ރައްޔިތުން މުޅިން ފަޤީރުވެ ނިކަމެތިވުން ކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ. ޢަދި އެމްޑީޕީގެ ހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން އެ ހުވަފެންތައް ފެނަށްވެގެން ހިނގައްޖެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
ލަންކާ ރައްޔިތުން ސަރުކާރާއި ދެކޮޅަށް ނުކުތީ ތެލާ ކާބޯތަކެއްޗަށް ޖެހި އިގްތިސާދީ ބޮޑު އަނދަވަޅަކަށް އެގައުމު ވެއްޓި ގައުމު ބަނގުރޫޓްވެ ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވެ ރައްޔިތުންނަށް ދިރިނޫޅެވޭ ހިސާބަށް ދިއުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު