މި ސަރުކާރުން އެމަނިކުފާނު ވެސް ޖަލަށްލާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖުތަކެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު އަދި އެމަނިކުފާނު ކަތިލި ނަމަވެސް ނުގުޑާނެ ކަމަށެވެ. އަދި ފޮޓޯ ގަނޑެއް ފެންނަ އިރަށް މީހަކު މީގެކުރިން މީހުން ފުލުހަށް ގެންގޮސް ސުވާލު ނުކުރާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ ގިނަ ބައެއްގެ ފޮޓޯ ނަގާފައިވަނީ ފުލުހުންނާ ގުޅިގެން ކަމަށް ތުހުމަތު ކުރައްވައި އެކަމުގެ ޒިންމާ ފުލުހުންގެ ބޮލުގައި އަޅުވާފައެވެ. އަދި ފުލުހުންގެ އިދާރާ އިސްލާހު ނުކުރެވުނު ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްގޮތަކަށް ވެސް މިކަން ނުވި ކަމަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެއެވެ.

"ދެން ވެސް ޑިޕްލޮމެޓުންނާއި ދިމާކުރާ އަދި މުޅި ރާއްޖެ ހަލާކުކުރާ ހައްދުފަހަނައެޅި މީހުން މަތީ މަގާމްތަކުގައި ބައިތިއްބާފައި މި ޕާޓީ މެމްބަރުން ޖަލަށް ލާނީ. އަޅުގަނޑު ވެސް ޖަލަށް ލާނެ ކަން އެނގޭ. އެކަމަކު ވެސް ދުލެއް ނުކުރެވޭނެ." ކޮއްކޯފުޅު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގައި ކޮއްކޯފުޅު ދިފާޢު ކުރަށްވައި މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު ބިދޭސީ ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވިޑިއޯގެ މައްސަލައިގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސެއިން ކަމަށް ބެލެވޭ މީހަކު އަންހެނަކާއި އަދި އިތުރު ފިރިހެނަކާ އެކު ފެންނަ ބަރަހަނާ ފޮޓޯއެއްގެ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށް ބުނެފައިވާތީ އެކަމާމެދު ރައީސް ނަޝީދު މިއަދު ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރަށްވައި ފުލުހުންނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމައްސަލައިގައި ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން