ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލާ ދެކޮޅަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި ސްލޫކީ މައްސަލަ ސާބިތުނުވާ ކަމަށް އެކޮމިޝަނުން ނިންމައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން މިއަދު ބުނީ ޝަކީލާ ދެކޮޅަށް ހުށަހެޅި މައްސަލަ މިދިޔަ މަހު ތަހުގީގުކޮށް މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި، މައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.



ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާތައް ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލެެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެއިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން ގޭބަންދަށް ބަދަލުކުރި މައްސަލާގައި ޝަކީލްގެ މައްސަލައެއް މިދިޔަ ފެބުރުއަރީ މަހު ޖޭއެސްސީއަށް ވަނީ ހުށައަޅާފައެވެ.

ޝަރީއަތް ނިމުނު ގޮތް އާއްމުކުރުމުގެ ގޮތުން ކޯޓުތަކުގެ ވެބްސައިޓުގައި ހުކުމުގެ ޕީޑީއެފް ކޮޕީއެއް ޝާއިއުކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ އެންގުމާ އެއްގޮތަށް ކޯޓުން އަމަލުކުރަމުން ނުގެންދާ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީއަށް ހުށައެޅި މައްސަލައިގައި ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން