ބިންކޮޅު ދޫކޮށްލުމުން ފްލެޓް ހިލޭ ލިބޭ އުސޫލުތަކާއެކު "ގެދޮރުވެރިން" ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފްލެޓްތަކަކީ ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުންދާ ހައުސިންގ ޔުނިޓްގެ ތެރެއިން 4000 ހައުސިންގ ޔުނިޓެވެ.

މި ސްކީމްގެ ތެރެއިން ފްލެޓަށް އެދުމުގައި އެކަކަށް ނުވަތަ އާއިލާގެ މީހުން ގުޅިގެންވެސް ފޯމް ހުށަހެޅޭނެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމުގައި މާކްސް ދޭނީ މައިގަނޑުގޮތެއްގައި 6 ބަޔަކަށް ބަލައިގެނެވެ.

މާކްސް ދިނުމުގައި ބަލާ ކަންތައްތައް:

* ފޯމް ހުށައަޅާ މީހާގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބޯހިޔާވަހިކަމް ނެތުން

* ބެލުމުގެދަށުގައި ތިބި ކުދިންގެ އަދަދު

* ދިރިއުޅުމުގެ ޙާލަތު (ގޭގައި ހުރި ކޮޓަރީގެ އަދަދާއި ދިރިއުޅޭ މީހުންގެ އަދަދު)

* ގޭގެ ސިޓިންރޫމައި ބަދިގޭގެ ޖާގަ

* ގޭގައި ފާޚާނާ ހުރި މިންވަރު

* ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައި

މި ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހާގެ ނަމުގައި ބިންކޮޅެއް އޮތްނަމަ، އެ ބިން ދޫކޮށްލާފައި މި ސްކީމްއާއި ބައިވެރިވެވޭނެކަމަށާއި މިފަދަ ބިން ދޫކޮށްލާއިރު ޢަމަލުކުރާނެ ގޮތްތައްވެސް ސްކީމްގައި ވަނީ ކަނޑައަޅާފައެވެ.

އުސޫލުގައި ބުނާގޮތުން 400 އަކަފޫޓަށްވުރެ ބޮޑު ބިންކޮޅެއް ދޫކޮށްލާނަމަ، ފްލެޓްގެ އަގު ހިލޭކޮށްދޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް ދޫކޮށްލާނަމަ، އެ ބިމުގެ އަގު ފްލެޓްގެ އަގުން އުނިކުރެވޭނެއެވެ. ދޫކޮށްލާ ބިން އަގުކުރާނީ، އަކަފޫޓަކަށް 3500 ރުފިޔާއަށެވެ.

މި ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެ އަގާއި އަގު ނަގާނެ ގޮތް ކަނޑައަޅާނީ ސްކީމް ހިންގާ ފަރާތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން