ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކިބައިގައި މާތް ސިފަތަކެއް އެބަހުރި ކަމަށާއި ނަމަވެސް، އިންސާނަކަށް ވީތީ އެމަނިކުފާނަށްވެސް ކުށްކުރެއްވޭނެކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު، އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އަކީ ކީރިތި ރަސޫލާ ދުއާ ދެއްވާފައިވާ ފަދަ ވެރިއެއްކަމަށް ބުނެ މިދިޔަ ރިޔާސީ އިންތިހާބުގައި ޝައިހް އިލްޔާސް ހުސައިން ދެއްކެވި ވާހަކަފުޅުތަކަކަށް އިޝާރާތްކުރައްވަމުންނެވެ.

އެ ވާހަކަފުޅުތަކަށް އިޝާރަތްކުރައްވައި ޑރ. އިޔާޒު ވިދާޅުވީ ޝައިހް އިލްޔާސް ފާހަގަކުރެއްވިފަދަ މާތް ސިފަތަކެއް ރައީސް ސާލިހުގެ ކިބައިގައި އެބަހުރިކަމަށާއި އެކަމަށް އިންކާރެއް ނުކުރެވޭނެކަމަށެވެ. ނަމަވެސް އިންސާނަކަށް ވީތީ ރައީސަށްވެސް ކުށްކުރެއްވޭނެކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

"ރައީސް ސާލިހުގެ ކިބައިގައި ޝައިހް އިލްޔާސް ފާހަގަކުރެއްވިފަދަ މާތް ސިފަތަކެއް އެބަހުރި. އެކަމާއި އިންކާރެއް ނުކުރެވޭނެ. ނަމަވެސް އޭގެ މާނައެއް ނޫން ރައީސަކީ މައުސޫމް އިންސާނަކަށް ވުން. އިންސާނަކަށްވީތީ ކުށްކުރެވޭނެ." އިޔާޒު ވިދާޅުވިއެވެ.

ރައީސް ސާލިހަށް ތާއީދުކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ޑރ. އިޔާޒު ގެންދަވަނީ މިހާރު އުފެދިގެން އުޅޭ ޔޯގާގެ މައްސަލައިގަައި ސަރުކާރުން އަމަލުކުރާ ގޮތާއި މެދު ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ރައީސް ސާލިހު އެމައްސަލައިގައި އިލްމުވެރިންގެ އަޑު ނޭއްސެވިކަމަށް އިޔާޒު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އިޔާޒު މިފަހަރު މި އިޝާރާތް ކުރަށްވަނީ އެކަމަށް ކަމުގައި ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޥ

25-Jun-2022

الله ގެކުޅދުންވަނތަކަން ހެހެ ދެންކީކޭބުނާނީ



ޓްރެންޑިން