މަސްވެރިކަން ކުރަން ނުކުމެ އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އޭނާއަށް ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ، މަސްވެރިކަމުގައި އުޅުނު "ސީ ހޯސް 3" ނަމަކަށް ކިޔާ ދޯނީގައި ހުރި 62 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ އެހީތެރިވެދީފައިވާ ކަމަށެވެ.



އަދި ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް މިރޭ 21:59 ހާއިރު އޭނާ ގެންގޮސްދީފައިވާ ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބުނީ 19:34 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން