އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅާ ހިންގި ހަމަނުޖެހުމާއިގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިރޭ ބުނީ، އިއްޔެ ހިނގި ހަމަނުޖެހުމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިތުރު 3 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ނަންތައް ފުލުހުން ހާމަ ނުކުރިނަމަވެސް، އޭގެ ތެރޭގައި މުޙައްމަދު އިސްމާޢީލް ހިމެނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


ޔޯގާއަށް ހުރަސްއެޅި މައްސަލައިގައި މުޙައްމަދު އިސްމާއީލް ހައްޔަރުކޮށްފައިވާއިރު، އެ އެއްވުމުގައި ބޭނުންކުރި ދިދައާއި ސައުންޑު ޕީޕީއެމްގެ އޮފީހުން ނެރުނުއިރު އެތަނުގައި މުޙައްމަދު ހުރި ފޮޓޯތަކެއްވަނީ އާންމުވެފައެވެ.

އިއްޔެ ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެތަނުގައި ތިބި މީހުން ފައްސާލާފައެވެ. އިސްލާމީ ޝަރީއާގައި ހުއްދަނޫން ކަމެއްކަމަށް ބުނެ ޔޯގާ އިވެންޓާއި ދެކޮޅަށް ރާއްޖޭގެ ގިނަ އިލްމުވެރިން ވަނީ ފަތުވާވެސް ނެރެފައެވެ. އޭގެ ތެރޭގައި ސަރުކާރަށް ތާއީދުކުރާ އިލްމުވެރިންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު