މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން މަޖިލީހަށް ހުށަހެޅި މި މައްސަލަ މާލިއްޔަތު ކޮމެޓީން ނިންމާފައިވަނީ އެ ކޮމިޝަނުން ހުށަހެޅި ގޮތަށް އެބަދަލު ގެނައުމަށެވެ. ޖޭއެސްސީން ހުށަހަޅާފައިވާ ހުށައެޅުމުގައި މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވެގެން ދަނީ އަހަރަކު ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާއެވެ.
ޖޭއެސްސީން ހުށަހެޅިގޮތަށް މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ފާސްކުރުމަށް ކޮމިޓީގައި ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒެވެ. ރިޔާޒުގެ އެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
މީގެ އިތުރުން ކޮމިޓީން ވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުށަހަޅާފައިވާގޮތަށް ކްރިމިނަލް ކޯޓުގެ ބެކްލޮގް ހުސްކުރުމަށްޓަކައި ގާޒީން އިތުރަށް މަސައްކަތްކުރާ ދުވަސްތަކަށް އިނާޔަތް ދިނުމަށް ވެސް ވަނީ ފާސްކޮށްފައެވެ. ކޮމެޓީން ފާސްކޮށްފައިވަނީ އިތުރު ވަގުތު މަސައްކަތް ކުރާ ގާޒީންނަށް އެމަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް 4 މަސްދުވަސް ވަންދެން ދިނުމަށެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ބަލަންހުރި މައްސަލަތައް ބަލައި މުޅިން ނިންމަން 16 އަހަރުގެ މުއްދަތެއް ނަގާނެކަމަށާ، ފުލް ކެޕޭސިޓީގައި ކޮންމެ ދުވަހަކު މަސައްކަތް ޝެޑިއުލް ކުރި ނަމަވެސް މިހާ މުއްދަތު ނަގާނެކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މީގެ ކުރިންވަނީ ބުނެފައެވެ.
ފަނޑިޔާރުންގެ މުސާރައަށް ބަދަލު ގެނައުމަށް ކޮމެޓީން ނިންމުމާ ގުޅިގެން ޖޭއެސްސީން މިއަދު ބުނީ، ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރުމަކީ ކޮމިޝަނުން ކުރަމުން އައި މަސައްކަތަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އެހެންކަމުން މިކަން ފަހިކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖްލީހަށާއި މަޖްލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނަށް އަދި މިނިސްޓަރ އޮފް ފިނޭންސަށް ޖޭއެސްސީން ވަނީ ޝުކުރު އަދާކޮށްފައެވެ.
ގާނޫނު އޮންނަ ގޮތުން ފަނޑިޔާރުންގެ މުސާރައާއި އިނާޔަތަށް އެއްވެސް ބަދަލެއް ގެނެވެނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާ ގޮތެއްގެ މަތިންނެވެ.

ކިޔުންތެރިންގެ ހިޔާލު