ޖަޕާން ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޖަޕާނު ސަރުކާރުގެ ފަރާތުން ޖަޕަނީޒް ގަވަރމެންޓް ސްކޮލަރޝިޕް ފޮރ 2023 ގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ޖަޕާނުގެ ޔުނިވަރސިޓީތަކުގެ ގްރެޖުއޭޓް ސްކޫލްތަކުގައި ކިޔެވުމަށް ސްކޮލަރޝިޕް ފުރުޞަތު ލިބިފައިވާ ކަމަށް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން އަންގާފައިވާ ކަމަށެވެ. މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުުރުސަތު މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 22 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ހަޔައެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުން ކަމަށެވެ. މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ގޮތުން އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަރވިއު މަރުހަލާއަށް ކުދިން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ ފަރާތުންނެވެ. މި ޓެސްޓް އަދި އިންޓަވިއު ކުރިއަށްދާނީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގައި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެެވެ.
ޖަޕާނަކީ ރާއްޖޭގެ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު